މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އުރީދޫގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑް ކުރި ކަސްޓަމަރުންނަށާއި އުރީދޫ ނެޓްވޯކާ އަލަށް ގުޅުނު ކަސްޓަމަރުންނަށް ހުޅުވާލި ލަކީޑްރޯއެކެވެ.
މި ދަތުރުގައި ނަސީބުވެރި ފަރާތާ އެކު އުރީދޫ ޓީމުގެ ދެ މެންބަރުން ވެސް ބައިވެރިވެ އެވެ. އުރީދޫން ބުނީ ދަތުރުގައި ބައިވެރިވާ އެ ޓީމުގެ ދެ ބައިވެރިންނަކީ މި ލަކީޑްރޯ އާ ގުޅުވައިގެން އެ ހިދުމަތުގެ ސްޓާފުންގެ މެދުގައި ބޭއްވި މުބާރާތުން މޮޅުވި ދެ ބައިވެރިން ކަމަށެވެ.
ލަކީޑްރޯގެ ނަސީބުވެރި ފަރާތަށް ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި ދެ ރެއާއި ތިން ދުވަހަށް ފުލް ބޯޑާ އެކު އެކޮމޮޑޭޝަން ލިބޭނެ އެވެ. އޭގެ އިތުރުން ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގެ އުރީދޫ ވީއައިޕީ ލައުންޖުން ޕީއެސްޖީ އާއި ލިޔޯން މެޗް ބެލުމުގެ ފުރުސަތު ވެސް ނަސީބުވެރި ފަރާތަށް ވަނީ ދީފަ އެވެ.
އުރީދޫން ބުނެފައި ވަނީ ޕީއެސްޖީއަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެއް ކަމަށެވެ.
މި ޕާޓްނާޝިޕްގެ ދަށުން ޕީއެސްޖީ އެކަޑަމީ އާއި ޕީއެސްޖީ ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.