ads
ކަރީނާ އާއި އާމިރު ހާން
3 އިޑިއަޓްސްގެ ބަތަލާގެ ރޯލް ފުރަތަމަ ލިބުނީ ކަރީނާ އަށް ނޫންކަން އިނގޭތަ؟
ބޮލީވުޑްގެ މަޝްހޫރު ފިލްމު 3 އިޑިއަޓްސްގެ ބަތަލާގެ ރޯލް ކުޅުމުގެ ފުރަސަތު ފުރަތަމަ ލިބުނީ ކަރީނާ އަކަށް ނޫނެވެ.

ރާޖްކުމާރް ހިރާނީ އޭނާގެ ފިލްމުގެ ބަތަލާގެ ރޯލުން ފެންނަން އެންމެ ފުރަތަމަ ބޭނުންވީ ކާޖޮލް އެވެ. އެހެން ނަމަވެސް ކާޖޮލް ވަނީ އެ ރޯލަކީ އެހާ ވަރުގަދަ ރޯލެއް ނޫންކަމަށް ބުނެ އެ ރޯލުން ފެންނަން އޭނާ ބޭނުން ނުވާކަމަށް ބުނެފައެވެ. އަދި އޭނާ އެ ފިލްމުން ރޯލެއް ބޭނުން ނަމަ ބޭނުން ވަނީ ފިލްމުގެ ލީޑް ރޯލް، އާމިރު ހާންގެ ރޯލް ކަމަށާއި އެހެން ނޫނީ ދެ ތިބި ދެ މެއިން ލީޑުންގެ ތެރެއިން ރޯލެއް ކަމަށް ކާޖޮލް ވަނީ ބުނެފައެވެ. 

your image

ކާޖޮލް ބުނީ އޭނާ އެހެން ބުނުމުން ރާޖްކުމާރު ހީކުރީ އެނޭ ސަމާސާ ކުރަނީ ކަމަށް ކަމަށެވެ. އެހެން ނަމަވެސް އެރޯލުގައި ކުރާނެ މާބޮޑުކަމެއް ނެތް ކަަމަށާއި އެ ރޯލް ކުޅުނު ނަމަ އޭނާ އެހާ އުފާ ނުވާނެ ކަމަށް ކާޖޮލް ބުނެއެވެ. 

3 އިޑިއަޓްސް އަށް ބޮޑު ކާމިޔާބީ އެއް ލިބިގެން ގޮސްފައި ވާއިރު، ކަރީނާގެ ރޯލް، ބެބޯ ވަނީ ފިލްމު ފެއާ އެވޯޑްގެ ބެސްޓް އެކްޓްރެސްގެ އެވޯޑަށް ނޮމިނޭޓް ވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް