ads
ކުޑަކުއްޖާ ރޭޕްކުރި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: އާކް
އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް)އިން ބުނެފިއެވެ.
އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް)އިން ބުނެފިއެވެ.

އާކް އިން ބުނީ ގާނޫނުތައް ތަންފީޒުކުރުމާއި، ޝަރުއީ ނިޒާމުގައި އަދި އިޖުތިމާޢި ހިދުމަތުގެ ދާއިރާގައި ހުރި މައްސަލަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާގެ ކޭސްތަކުގައި އިހުމާލުވެ، އެކަށީގެންވާ ސަމާލުކަން ނުދެވޭތީ އާކްއިން ނިހާޔަތަށް ކަންބޮޑުވާ ކަމަށް ވެސް އާކްއިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ރޭޕް، ޖިންސީ ގޯނާ އަދި ޖިންސީގޮތުން ކުޑަކުދިންގެ ނާޖާއިޒް ފައިދާ ނެގުމަކީ ދިވެހިރާއްޖޭގައި ބޮޑެތި ކުށްތައް ގޮތުގައި ހިމެނޭ ކަންކަމެއް ކަމަށާއި އެފަދަ ކަންކަމުން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ހާއްސަ ގާނޫނުތަކެއް ވަނީ ފާސްކޮށްފައި ކަމަށް އާކް އިން ބުނެއެވެ.

"ކުޑަކުދިން ރައްކާތެރިކުރުމަށް ހުރި ގާނޫނުތަކާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާގޮތަށް، މިމައްސަލަ ތަހުގީގުކޮށް މިފަދަ ބޮޑެތި އަނިޔާތައް ކޮށްފައިވާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ އިތުރުން، ކުއްޖާއަށް ބޭނުންވާ ހާއްސަ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ވެސް އާކްއިން ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ." އާކް އިން ބުނެއެވެ.

އަނިޔާ އާއި އިހުމާލުން ކުޑަކުދިން ރައްކާތެރި ކުރުމުގައި މުޅި މުޖުތަމައުގެ ޒިންމާ އޮންނަކަން ފާހަގަކޮށް، ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އިނގޭނަމަ އަދި ޝައްކުކުރެވޭ ނަމަވެސް، ލަސްނުކޮށް 1412 ނުވަތަ 3000600 އަށް މައްސަލަ ރިޕޯޓުކުރެއްވުމަށް ވެސް އާކްސް އިން ވަނީ އިލްތިމާސްކޮށްފައެވެ.

އާކް އިން ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަމާގުޅޭ އެންމެހާ އިދާރާތަކާއެކު މަސައްކަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

ދެ އަހަރުގެ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކޮށްފައިވަނީ އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނި ކާފައެވެ. އޭގެ ތެރެއިން އެކުއްޖާގެ ކާފަ އަދި މުނި ކާފަ ވަނީ ބުނެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް