ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް
ރާއްޖެއަށް ވައްދަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި
ރާއްޖެއަށް ވައިގެ މަގުން ވައްދަން އުޅުނު 2.4 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފިއެވެ.
Advertisement

ކަސްޓަމުން ބުނީ ވައިގެ މަގުން ރާއްޖެއަށް ވަދަން މަސައްކަތް ކުރި ޑްރަގުތައް އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހުކަމަށެވެ. 

ކަސްޓަމުން ބުނީ ރާއްޖެއަށް ވައްދަން މަސައްކަތްކޮށްފައިވަނީ ކެނަބިސް ފަތް ކަމަށެވެ. މިތަކެތީގެ ބަރުދަނުގައި 3 ކިލޯ ހުރިކަމަށް ކަސްޓަމުން ބުނެއެވެ. މިތަކެތީގެ މަގުމަތީގެ އަގު 2.4 މިލިއަން ރުފިޔާ އަރާކަމަށްވެސް ކަސްޓަމުން ބުނެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ގާނޫނަށް ދާދި ފަހުން ވަނީ ބަދަު ގެނެސްފައެވެ. އެ ބަދަލު ބުނާގޮތުން މަރުގެ އަދަބު ދޭނީ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމްކޮށްފި ނަމައެވެ. 

ގާނޫނަށް ގެނައި ބަދަލުގައިވާ ގޮތުން ޑްރަގު އެތެރެކުރުމުން މަރުގެ އަދަބު ދެނީ، ތިން ހާލަތަކަށް ފެތޭ ބުރަދަން ހުރި މައްސަލަތަކުގަ އެވެ. 

މަރުގެ އަދަބު ލިބޭ ހާލަތްތައް

  • 350 ގްރާމަށް ވުރެ އިތުރު މިންވަރުގެ ކެނަބިސް ކަމުގައިވުން
  • 250 ގްރާމަށް ވުރެ އިތުރު މިންވަރެއްގެ ޑައިމޯފިން ކަމުގައިވުން
  • ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ 1 ގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ މަތިވުން

ގާނުނަށް ގެނައި ބަދަލުގައި ވަނީ މަރުގެ އަދަބު ކަނޑައެޅޭނީ އެ މީހަކު ދިވެހިރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކ،ީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާނަމަ ކަމަށެވެ.

ޑްރަގު އެތެރެކުރާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން 10،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުންކަމަށް ގާނޫނުގައި ވަނީ ހިމަނާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް