އިމިގްރޭޝަނުން ބުނނީ ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ރޭ ވެސް ބައެއް ތަންތަން ބަލާފާސްކޮށްފައިވާކަމަށެވެ.
އިމިގްރޭޝަނުން މަސާޖު ޕާލާއެއް ބަލާ ފާސްކުރަނީ
އެގޮތުން މާލޭގައި ހިންގަމުން ދިޔަ 10 ތަނަކަށް ވަދެ ބަލާ ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އޭގެތެރެއިން 03 ތަނެއް ބަންދުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ބަލާ ފާސްކުރި ބިދޭސީން އުޅޭތަނެއް
މީގެއިތުރުން އިއްޔެވެސް ވަނީ މާލޭގައި ހިންގަމުންދިޔަ 09 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ވަނީ 02 ތަނެއްގައި ހިންގަމުންދިއަ ވިޔަފާރި ވަގުތުން ހުއްޓުވާ އެއް ތަނަކަށް ނޯޓިސް ދީފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.