11505
CONFIRMED

DEATHS
10524
RECOVERED
🌏42,562,830
INFECTED
🌏28,700,990
RECOVERED
🌏1,149,202
DEATH
🌏67%
RECOVERY RATE
އަހުމަދު ހައިލަމް-- ފޮޓޯ: އަވަސް
މުއައްސަަސާއެއްގެ ވެރިން ބަދަލުވުމަކުން ތަނެއް މިނިވަނެއް ނުވާނެ: ހައިލަމް
Share
މުވައްސަސާއެއްގެ ވެރިއަކު ބަދަލުވުމަކީ ތަނެއް މިނިވަންވާނެ ސަބަބެއް ނޫން ކަމަށް ކުރީގެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ފަނޑިޔާރު މުހައްމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.
Advertisement

އިސްލާމްދީނަށް ތައުހީން ކުރުމާއި ގުޅިގެން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ ވާހަކަތަކެއް މީހަކު ދެއްކިކަމުގެ ތުހުމަތެއް ކުރެވި އޭގެ ހަތް އަހަރު ފަހުން އެ މީހާ އެފަދަ ކުށެއް ކުރިކަމަށް ބުނި މީހާގެ މައްސަލަ ބެލުމަށް މަޖިލީހުން ފުލުހުންނަށް މަޖުބޫރުކޮށްފި ކަމަށެވެ. 

ހައިލަމް އިޝާރާތް ކުރައްވާފައި އެވަނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި އެމަނިކުފާނު ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އިހާނެތި ބަސް ބޭނުން ކުރެއްވި ކަމަށް ބުނެ ވާހަކަ ދެއްކި މީހާގެ މައްސަލަ ބަލަން ފަށާފައިވާކަމަށް ފުލުހުން ބުނެފައިވާތީ އެކަމާއި ގުޅިގެންނެވެ، 

މަޖިލީހުން ވަނީ ރައީސް، ނަޝީދު، ކީރިތި ރަސޫލާއާމެދު އިހާނެތި ބަސްބުނެފައިވާކަމުގެ ދޮގު އިލްޒާމް އަޅުވައިފައިވާ ރ. އަނގޮޅިތީމު ޖީޒާގޭ އަލީ އިބްރާހީމްގެ މައްސަލަ ބަލައި ދިނުމަށް ފުލުހުންގެ އިދާރާގައި އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް