ads
މިލަންދޫ ހެލްތު ސެންޓަރު-
ނަރުދޫގައި މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެ
ރަށް ރަށަށް އަރައި ފޭބުން މަނާކުރެވިފައި ވާތީ ޑޮކްޓަރަށް ދައްކަން އޮތް މުއްދަތުގައި ޑޮކްޓަރަށް ނުދެއްކި ށ. ނަރުދޫގައި މާބަނޑު މީހެއްގެ ބަނޑަށް ކުއްޖާ މަރުވެއްޖެ އެވެ.
Advertisement

ބަނޑަށް މަރުވި ކުއްޖާގެ ބައްޕަ، ހަސަން ސުޖާއު މިރޭ ސީއެންއެމްއަށް ކިޔައިދިން ގޮތުގައި އަންހެނުން ގޮވައިގެން ޑޮކްޓަރަށް ދައްކަން މިލަންދޫއަށް ދިޔައީ މިއަދު ހެނދުނު 10:00 ހާއިރެވެ.

އެގޮތުން ކުއްޖާ، ވިންދު ނުޖަހާކަން އެނގުމާއެކު ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިއުމުގެ މަސައްކަތް ކުރި ކަމަށާއި އެ އިންތިޒާމުތައް މެންދުރު 13:00 ހާއިރު ހަމަޖެހުނު ކަމަށެވެ. 

"މިކޮޅަށް އައި ފަހުން އެނގުނީ ކުއްޖާ ބަނޑަށް މަރުވެފައި އޮތްކަން. މިކޮޅުން ވަރަށް އަވަހަށް ރަނގަޅަށް އިންތިޒާމުތައް ކުރަމުންދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ،" ކުއްޖާ ބަނޑުން ނެގުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ސުޖާއު ބުންޏެވެ.

ސުޖާއު ކިޔައިދިން ގޮތުގައި އަންހެނުން ވިހަން އޮތީ މިމަހުގެ 30 ވަނަ ދުވަހެވެ. އެކަމަކު ވިހެމުގެ ކުރިން ވެސް ޑޮކްޓަރަށް ދައްކާލުމަށް ފުނަދޫއަށް ދިއުމަށް ވަރަށް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ. 

އެގޮތުން އޭނާ ވަނީ ފުނަދޫއަށް ދިއުމަށް މަސައްކަތް ކުރާތާ ދޮޅު މަހެއްހާ ދުވަސް ވެއްޖެ ކަމަށް ބުނެފަ އެވެ. އެ ދެ މަފިރިން ގަވައިދުން ދައްކަމުން އައީ ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށެވެ. 

އަންހެނުން ވިހަން އޮތީ 30 ގަ. މިލަންދޫއަށް ދިޔައީ އެއްގޮތަކަށް ވެސް ބަނޑުގަ ރިއްސާތީއެއް ނޫން. އެއްވެސް ކަހަލަ އަލާމާތެއް ވެސް ނުފެނެ. އެކަމަކު ޑޮކްޓަރަށް ދައްކާލަން ވެގެން، އެރަށަށް ދާން މަސައްކަތްކުރާތާ މިހާރު ދޮޅު މަހެއްހާ ދުވަސްވެއްޖެ. އެއް ފަހަރު އެޕޮއިންޓްމަންޓް ހައްދާފަ ދާން އުޅެނިކޮށް ބުނި ނުދެއްކޭނެއޭ އެކޮޅަށް،" ސުޖާއު ބުންޏެވެ.

އެނގިފައިވާ ގޮތުގައި ފުނަދޫ ޑޮކްޓަރު ވަނީ ރަށަށް އަޔަސް ނުބަލާނެ ކަމަށް ބުނެފަ އެވެ. އަދި އެކަން ހޮސްޕިޓަލުގެ މެނޭޖަރަށް އެންގުމުން ކުރެވޭނެ ކަމެއް ނެތް ކަމަށް ވެސް ބުނި ކަމަށް އާއިލާގެ މީހަކު ބުންޏެވެ. އަދި ފުނަދޫގެ ކަމާއި ގުޅޭ އިދާރާތަކުން މީޑިއާއަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ވެސް ތުހުމަތު ކުރެ އެވެ. 

އެކަމާއި ގުޅިގެން އަދި ފުނަދޫ ހޮސްޕިޓަލުގެ ބަހެއް ނުލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް