ads
މަބްރޫކް އަޒީޒް--
ރާއްޖެއިން 154 މީހުން ކޮވިޑް-19 އިން ރަނގަޅު ވެއްޖެ
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 154 އަށް އަރައިފި އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ދަރުބާރުގޭގައި މިހާރު ކުރިއަށް ގެންދަމުންދާ ނޫސްވެރިންގެ ބައްދަލުބުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 އަށް ފަރުވާދީ ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ އަދަދު 154 އަށް އަރާފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކުވައިދޭ ހެލްތު މިނިސްޓްރީގެ ވެބްސައިޓުން ރޭގައި ދެއްކި ގޮތުގައި ރާއްޖެއިން ވައިރަހުން ރަނގަޅު ކުރެވިފައި ވަނީ 144 މީހުންނެވެ.

މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ އިތުރު 10 މީހަކު ރާއްޖެއިން ކޮވިޑް-19 އަށް ފަރުވާދީ ރަނގަޅު ކުރެވިފައިވާ ކަމަށެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު 154 އަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ. 

ކަރަންޓީން ފެސިލިޓީތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން 128 ފަރާތެއް ކަރަންޓީނުން މިއަދު ދޫކޮށްލާފައިވާ ކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ. އަދި ޓްރާންސިޓް ކަރަންޓީން ފެސިލިޓީ އަށް މިއަދު 115 ފަރާތެއް ގެންދެވިފައިވާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށި ހިސާބުން މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 1395 އަށް އަރާފަ އެވެ. އަދި މި ވައިރަހުގެ ސަބަބުން ހަތަރު މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 80 އަހަރުން މަތީގެ ތިން ދިވެހިންނާއި 33 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް