ads
އިލެކްޝަން ކޮމިޝަންގެ ރައީސް ޝަކީލް އަދި ބައެއް މެމްބަރުން
ޕާޓީތަކުގެ ޖަލްސާތަކުގައި ސާބިތު ނުހިފޭ ވާހަކަ ނުދައްކަން އީސީން އަންގައިފި
ޕާޓީތަކުގެ ޖަލްސާތަކުގައި ސާބިތު ނުހިފޭ ވާހަކަ ނުދައްކަން އިލެކްޝަންސް ކޮމިޝަން (އީސީ) ސީޔާސީ ޕާޓީތަކަށް އަންގައިފި އެވެ.
Advertisement

އީސީން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކުގައި، ޤާނޫނާ ހިލާފަށް ސާބިތުނުހިފޭ ވާހަކަ ދައްކަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާކަށެވެ. އެގޮތުން، ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް އެއްވެސް ޕާޓީއަކާ ނުވަތަ ޕާޓީއެއްގެ މެންބަރަކާ ބެހޭގޮތުން ފާޑުކިޔުމަކީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ޢަމަލެއްކަމެއްކަމަށް އީސީން ބުނެ އެވެ. 

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީއިން ލިބިދޭ އަސާސީ ހައްޤަކަށް ވީނަމަވެސް، ޒިންމާދާރުކަމާއެކު ހިޔާލު ފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ކޮމިޝަނުގެ އެދުމެއްކަމަށްވެސް އީސީން ބުނެ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ އެއްވުންތަކާއި ހަރަކާތްތައް ހިންގުމުގައި ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކަށް ތަބާވުމަށާއި، އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ނުކުރުމަށާއި، ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކާ ހިލާފު ނުވާނެ ގޮތެއްގެމަތިން އަމަލުތައް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެ ފައެވެ. 

އީސީން މި ބަޔާން މި ނެރުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އެކަން ތަހުގީގުކުރުމަށް ފުލުހުން ޗިޓް ހަވާލުކުރަން ދިޔުމުން އެކަން ނޭގޭކަމަށް ބުނެ ޔާމީން ޗިޓާއި ހަވާލުވެފައި ނުވަނިކޮށެވެ. 

ޕީއެންއެފުން ބޭއްވި ޖަލްސާގައި ޔާމީން ވަނީ މިނިސްޓްރީގެ އިމާރާތުގައި 12 ޑިސެމްބަރު 2024 ގެ ހެނދުނު ރޯކޮށްލީ "ރައީސް ޑރ. މުހައްމަދު މުއިއްޒާ ކިހާ ގާތް މީހެއްކަން ވެސް ފުލުހުންނަށް އެނގޭނެ" ކަމަށާއި އެ މައުލޫމާތު ފުލުހުންގެ އިދާރާގައި އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;