ads
މަބްރޫކް އަޒީޒް---
ގަވައިދާ ހިލާފަށް އުޅޭ 1500 ބިދޭސީން ގައުމަށް ފޮނުވުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައި
ގަވައިދާ ހިލާފަށް އުޅޭ 1500 އެއްހާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ 1،500 އެއްހާ ބިދޭސީން އަނބުރާ ގައުމަށް ފޮނުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައި ކަމަށެވެ.

މަބްރޫކް އިތުރަށް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި 5،000 އެއްހާ މީހުން ފޮނުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

މިހާތަނަށް ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ 1،000 ބަންގްލަދޭޝް ރައްޔިތުން ވަނީ އަނބުރާ އެ ގައުމަށް ފޮނުވާލާފަ އެވެ. އަދި އެކަމަށް ބަންގްލަދޭޝް ސަރުކާރުން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓްތަކާއި، ރާއްޖެއަށް އަންނަ ބަންގަލަދޭޝްގެ އަސްކަރީ އަދި ގައުމީ އެއާލައިންގެ މަތިންދާބޯޓުތަކުގައި އެމީހުން އަނބުރާ ގައުމަށް ފޮނުވަމުންދާއިރު، ކުރިއަށް އޮތްތަނުގައި ވެސް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފޮރީން މިނިސްޓްރީން އިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް