ads
މަބްރޫކް އަޒީޒް--
ފިލައިގެން އުޅޭ ބިދޭސީ މީހާ އަދިވެސް ނުފެނޭ: މަބްރޫކް
ޕޮޒިޓިވްވި ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މިރޭ އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޕޮޒިޓިވްވި ފަހުން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށާއި އެމީހާގެ ޒާތީ މައުލޫމާތު ހާމަ ކުރުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށެވެ.  

ކޮވިޑް-19 އަށް ޓެސްޓް ކޮށް ސާމްޕަލް ޕޮޒިޓިވް ވުމުން ނުގުޅިގެން ހަތް މީހަކު ހޯދަމުންދާ ކަމަށް މަބްރޫކް ވިދާޅުވެފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެރޭ އޭގެ ތެރެއިން ތިން މީހަކު ފެނިފައިވާކަމަށް މައުލޫމާތު ދީފައި ވާއިރު ބާކީ ތިބި ހަތަރު މީހުންގެ ތެރެއިން ދެމީހުން ފެނިފަަައި ވާކަމަށް ވިދާޅުވެފައި ވަނީ މިމަހު 14 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. 

މިދެމީހުންގެ ތެރެއިން އެންމެ ފަހުން ފެނުނު މީހާ ފެނިފައި ވާކަމަށް ވިދާޅުވެފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް