ads
ކުރީގެ މެމްބަރު އަނާރާ ނައީމް--
ސިޔާސީ ޑްރާމާތައް ބެލުމުން ވަގުތު ބޭކާރުވުން ނޫން ކަމެއް ނުވާނެ: އަނާރާ
ސިޔާސީ ޑްރާމާ ބެލުމުން ވަގުތު ބޭކާރުވުން ނޫން ކަމެއް ނުވާނެ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ޓިކެޓުގައި ކުރިން މެމްބަރުކަން ކުރެއްވި އަނާރާ އެފަދަ މޭރުމަކުން ޓްވީޓް ކުރެއްވި ސީދާ ސަބަބެއް ވިދާޅެއް ނުވެ އެވެ. 

އެކަމަކު އެ ޓްވީޓާއި ގުޅިގެން އަނާރާ ވެސް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެފައިވާތީ ބައެއް މީހުން ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. 

އަނާރާ ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާފަ އެވެ. އެކަމަކު އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި މުހައްމަދު ރާއީ އެވެ. ނަވާރަ ވަނަ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލު ކުރައްވާނެ މެމްބަރެއް ނެތެވެ. 

"ސީޔާސީ ޑްރާމާ" ބެލުމުން ވަގުތު ބޭކާރުވުން ނޫންކަމެއް ނުވާނެ ކަމަށް އަނާރާ ވިދާޅުވިއިރު މި ދުވަސްކޮޅު ސޯޝަލް މީޑިއާގައި ވަނީ އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ވަރަށް ބޮޑަށް ވަރުގަދަ ވެފަ އެވެ. 

އެގޮތުން އެމްޑީޕީގެ މެމްބަރުން އަންނަނީ އެކަކު އަނަކަކަށް ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ. ގިނަ ބަޔަކު ބުނަމުން އަންނަނީ އެކަމަކީ އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަން އުފެދިފައިވާކަން ދޭހަވާ ކަމެއް ކަމަށް ބުނަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް