ads
ޒްލަޓާން އިބްރޮހަމަވިޗް
ޕްރެކްޓިހުގައި ޒްލަޓާނަށް އަނިޔާވެއްޖެ
އޭސީ މިލާނުގެ ތަޖުރިބާކާރު ފޯވާޑް، ސްވިޑިންގެ ޒްލަޓާން އިބްރޮހަމަވިޗަށް ޕްރެކްޓިހުގައި ސީރިއަސް އަނިޔާއެއް ލިބި ކުޅުމާއި ދުރަށް ދާން ޖެހިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. ޒްލަޓާންގެ ކުޑަކަޅުވާއަށް އަނިޔާވީ ހޯމަ ދުވަހުއެވެ.

އުމުރުން ތިރީސް އަށް އަހަރުގެ ޒްލަޓާންއަށް ޕްރެކްޓިހުގައި ލިބުނު އަނިޔާއާއި ގުޅޭ ގޮތުން މިލާނުން ރަސްމީ ގޮތުން އަދި އެއްޗެކޭ ނުބުނެއެވެ. ބެލެވޭ ގޮތުގައި މިއަދުގެ ވަގުތެއްގައި ޒްލަޓާންގެ ފައިގެ ޓެސްޓްތަކެއް ހެދުމަށް ފަހު އަނިޔާއާއި ގުޅޭ ގޮތުން ކްލަބުން ރަސްމީ ގޮތުން އެއްޗެއް ބުނާނެއެވެ. ޒްލަޓާންއަށް އަނިޔާ މިވީ، ކޮވިޑާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އަމިއްލަ ގައުމުގައި ހުރުމަށް ފަހު އެނބުރި އިޓަލީއަށް ދިޔަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އިޓަލީއަށް ދިޔުމަށް ފަހު ފުރަތަމަ ޒްލަޓާން ހުރީ ކަރަންޓީނުކޮށްފައެވެ. އޭގެ ފަހުން ކޮވިޑަށް ޓެސްޓުކޮށް ނެގެޓިވްވުމުން އޭނާގެ ލަގްޒަރީ އެޕާޓްމެންޓަށް އޭނާ ބަދަލުވިއެވެ.  

އިޓަލީގެ ގިނަ ކްލަބުތަކުން މިހާރުވަނީ އަލުން ޕްރެކްޓިސްތައް ފަށާފައެވެ. ޕްރެކްޓިސްތައް އަލުން ފެށި ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއްވެސް ކްލަބުތަކުންވަނީ އަޅާފައެވެ. މެދު ކަނޑާލާފައިވާ އިޓަލީ ލީގު އަލުން ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް