ކަރަން ޖޯހަރް ވަނީ ޓްވިޓާ ގައި އެ ގޭގައި މަސައްކަތް ކުރާ ދެ ސްޓާފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފަ އެވެ.
ކަރަން ބުނީ އިތުރު ސްޓާފުންގެ ފަރާތުން ބަލީގެ އަލާމާތް އަދި ފެނިފައި ނުވާ ކަމަށާއި، ހުރިހާ ސްޓާފުންގެ ހާލު ވެސް ރަނގަޅު ކަމަށް ދައްކާ ކަމަށެވެ.
ކަރަން ގެއިން ޕޮޒިޓިވްވި ދެ ސްޓާފުންގެ ފަރާތުން އަލާމާތްތައް ފެންނަން ފެށި ހިސާބުން ގޭގެ ތަންކޮޅެއް އެކަހެރި ކޮޓަރި ތަކެއްގައި ދެ ސްޓާފު ވެސް ކަރަންޓީން ކުރެވުނު ކަމަށް ކަރަން ބުންޏެވެ. އަދި ބީއެމްސީ އަށް ވަގުތުން އެންގުނު ކަމަށާއި، އަދި ގެ އެއްކޮށް ސްޓެރިލައިޒް ކޮށް ޑިސްއިންފެކްޓް ކުރެވުނު ކަމަށް ކަރަން ވަނީ ބުނެފަ އެވެ.
ކަރަން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ސަޓާފުންނަށް ވެސް އެންމެ ރަަނގަޅު ފަރުވާ ދެވިގެންދާނެ ކަމަށާއި އެމީހުން އަވަހަށް ބަލިން ރަނގަޅު ވެގެން އަންނާނެ ކަމަށެވެ. އަދި މިވަގުތު ބަލިން ރައްކާތެރި ވުމަށް އެންމެންނަށް ވެސް ކުރެވޭނެ ކަމަކީ ގޭގައި ތިބުން ކަމަށާއި، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިފި ނަމަ މިބަލިން އަވަހަށް އަރައިގަނެވޭނެ ކަމަށް ޝައްކު ނުކުރާ ކަމަށް ކަރަން ވަނީ ބުނެފަ އެވެ.
ކަރަން ބުނީ އޭނާގެ އާއިލާގެ ހުރިހާ މެމްބަރުން ކޮވިޑް-19 އަށް ޓެސްޓު ކުރެވިފައިވާ ކަމަށާއި، ހުރިހާ މެމްބަރުން ވެސް ނެގަޓިވް ކަމަށް ކަމަށެވެ.