ކުޝީ ކަޕޫރް އަކީ ބޯނީ ކަޕޫރް އަދި ސްރީދޭވީ ގެ ހަގު އަންހެން ދަރިފުޅެވެ. ކުޝީގެ ދައްތަ ޖާންވީ ކަޕޫރް އަކީ މިހާރު ބޮލީވުޑްގައި ވިދަމުން އަންނަ ނަމެކެވެ. ޖާންވީ އާއި އެކީ ގިނައިން ފެންނަ ކުޝީ އަކީ ވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލް ވެފައިވާ ފަރާތެކެވެ.
އުމުރުން 19 އަހަރުގެ ކުޝީ ގެ ފެޝަން ސްޓައިލް އާއި އޭނާގެ މޭކްއަޕް އަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ކަންތައް ތަކެވެ. އެގޮތުން، މި ފަހުން ލޮކްޑައުން ގެ ތެރޭގައި ކުޝީ މި ވަނީ އޭނާގެ މޭކްއަޕް ރޫޓީން އެއް ޓިކްޓޮކް ގައި އެންމެންނަށް ހިއްސާ ކޮށްފަ އެވެ.
ކުޝީގެ މޭކްއަޕް ރޫޓިން ގައި ބޭނުން ކުރަނީ ހަމައެކަނި އެންމެ ފަސް ޕްރޮޑަކްޓް އެވެ. އަދި އެ މޭކްއަޕް ފަސޭހައިން ގޭގައި އަމިއްލަ އަށް ކޮށްލެވޭނެ އެވެ.
އެހާ ބައިވަރު ސާމާނު ބޭނުން ނުކޮށް ކޮށްލި މި މޭކްއަޕް ކޮށް ނިންމާލާފައި ހުރި އިރު، މޫނި މަތި ފެނިގެން ދަނީ އުޖާލާ ކޮށް ދިއްލިލައިފާ ހުރި ތަނެވެ. މި ވީޑިއޯއަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.