ads
އެސްޓީއޯ
އީސްޓޯގެ ހިދުމަތް ދިނުން ޖޫން 1 ގައި ފަށާނެ
ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މެދުކަނޑާލެވިފައިވާ އީސްޓޯގެ ހިދުމަތްތައް އަލުން ދޭން ފަށާނެ ކަމަށް އެސްޓީއޯ ގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީ އަށް ރޭގަ ދިން އިންޓަވިއުގެ ފާހަގަ ކޮށްލެވޭ ބައެއް ނުކުތާ ތަކަށް ބަލައިލަމުން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކި ސަބަބުތަކާއި ހުރެ މެދުކަނޑާލެވިފައިވާ އީސްޓޯގެ ހިދުމަތްތައް އަންނަ މަހުގެ އެއް ވަނަ ދުވަހު އިރާދަކުރެއްވިއްޔާ ފެށިގެން ދާނެ ކަމަށެވެ. އަދި ހޯމް އިމްޕްރޯވްމަންޓް ގެ ހިދުމަތް ވެސް ފަށާނެ ކަމަށް އަމްރު ވަނީ ވިދާޅުވެފަ އެވެ.

އެސްޓީއޯގެ ބައެއް މުއައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ގިނަ އަދަދެއްގެ މުއައްޒަފުން ކަރަންޓީން ކުރެވުމާއި ގުޅިގެން ގޭގެއަށް ޑެލިވަރީ ކުރުން އެ ކުންފުނިން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. އަދި ގޭގެއަށް ޑެލިވަރީ ކުރުން މެދުކަނޑާލާ، މިހާރު ބޮޑަށް ހޯލްސޭލް އަށް ފޯކަސް ކޮށްފައިވާ ކަމަށް އަމްރު ވަނީ ވިދާޅުވެފަ އެވެ.

އީސްޓޯގެ ހިދުމަތްތައް އެސްޓީއޯ އިން ފަށާފައި ވަނީ ލޮކްޑައުން އަމުރު ދިނުމުގެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށް އަމްރު ވަނީ ފާހަގަ ކުރައްވާފަ އެވެ. ނަމަވެސް، ކުއްލިއަކަށް ފިހާރަތައް ބަންދުވެ، އެތައް ހާސް އޯޑަރެއް އެއްފަހަރާ ލިބުމުން ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށް އަމްރު ވިދާޅުވި އެވެ.

އެގޮތުން، އިތުރު އޯޑަރު ތައް ނަގަން ފެއްޓީ ފުރަތަމަ ފުނިޖެހުނު 5،000 އޯޑަރު ކްލިއާ ކޮށްފަ ކަމަށް އެމްޑީ ވަނީ ވިދާޅުވެފަ އެވެ. ފުރަތަމަ 5،000 އޯޑަރު ކްލިއަ ކުރެވުމުން ދެން ދުވާލެއްގެ މައްޗައް 400 އޯޑަރު ނަގާ އެ ދުވަހެއްގެ އޯޑާރު ތައް އެދުވަހު ނިންމޭތޯ މަސައްކަތް ކޮށްފައި ވާނެ ކަމަށް އަމްރު ވިދާޅުވި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް