ލަންކާގައި ވެސް ފިޔާގެ އަގު އުފުލިއްޖެ
16 ޑިސެމްބަރ 2019 - 11:05:46
ބާޒާރުގައި ފިޔަލުގެ އަގު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، 15000 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅޭ އަވައްޓެރި ސްރީ ލަންކާގެ މާކެޓުގައި ވެސް ފިޔަލުގެ އަގު މަތިވާން ފަށައިފި އެވެ.

އެގޮތުން ފިޔާ ކިލޯއެއް ލަންކާގައި ވިއްކަމުން ދަނީ 550 ރުޕީޒް (47 ދިވެހި ރުފިޔާ) އަށެވެ. ސުޕަމާކެޓުތަކުގައި ފިޔަލުގެ އަގު އެއަށް ވުރެ ބޮޑު ކަމަށް ވެއެވެ.
އާއްމުކޮށް ސުޕަމާކެޓުތަކުގައި ފިޔާ ކިލޯއެއް ވިއްކަން ހުރީ 560 ރުޕީޒް އަށެވެ. މި ވަގުތު ލަންކާ ބާޒާރުގައި އެންމެ އަގު ހެޔޮކޮށް 520 ރުޕީޒް އަށް ލިބެން ހުރީ ޗައިނާއިން އިމްޕޯޓުކޮށްފައިވާ ފިޔަލެވެ.
ލަންކާ ޓްރޭޑާޒް އެސޯސިއޭޝަނުން ބުނެފައި ވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެގައުމުގެ ފިޔާ ދަނޑުތައް ހަލާކުވެ، ސްޓޮކް މަދުވެފައި ވާތީ، އިމްޕޯޓު ކުރަން ޖެހިފައިވާ ކަމަށެވެ.
އަވައްޓެރި އިންޑިއާގައި ވެސް ފިޔަލުގެ އަގު ވަނީ މައްޗަށް ގޮސްފަ އެވެ. އެގައުމުގެ ފިޔާ ދަނޑުތަކަށް ވެސް ގެއްލުން ވެފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
މި ސަރަހައްދުގެ ބާޒާރުގައި ފިޔަލުގެ އަގު އުފުލިފައި ވުމާއެކު ރާއްޖޭގައި ވެސް ފިޔާގެ އަގު ވަނީ މައްޗަށް ގޮސްފަ އެވެ. އެގޮތުން ރާއްޖޭގައި ފިޔާ ކިލޯއެއްގެ އަގު ވަނީ 70 ރުފިޔާއަށް ވުރެ މައްޗަށް އަރާފަ އެވެ.
މިހާރު ފިޔާ ކިލޯއެއްގެ އަގު 70 ރުފިޔާއަށްވުރެ މަތީގައި އުޅޭއިރު ބަސްތާއެއްގެ އަގު އުޅެނީ 1000 ރުފިޔާ އާއި 1500 ރުފިޔާއާ ދެމެދުގަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ވަނީ ފިޔާގެ ދަތިކަން ކުރިމަތިވެފަ އެވެ. އެފަހަރު ފިޔާ ބަސްތާއެއްގެ އަގު 1200 އަށް ވެސް އެރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް