ads
މަބްރޫކް އަޒީޒް--
ޑަބްލިއުއެޗްއޯ ގެ ފަރާތުން އިތުރު 5،000 ޓެސްޓް ކިޓް ލިބިއްޖެ
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ފަރާތުން އިތުރު 5،000 ޓެސްޓު ކިޓު ލިބިފައިވާ ކަމަށް މަބްރޫކް ވިދާޅު ވެއްޖެ އެވެ.

ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އިތުރު 5،000 ޓެސްޓު ކިޓެއް ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ފަރާތުން މި ދަނޑިވަޅުގައި ރާއްޖެއަށާއި އެހެނިހެން ގައުމުތަކަށް އެހީތައް ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން، މި މަހުގެ 18 ވަނަ ދުވަހު ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެއަށް 10،000 ޓެސްޓު ކިޓު ހަދިޔާ ކޮށްފަ އެވެ. އެ ޓެސްޓު ކިޓުތަކާއެކު ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމެންޓް (ޕީޕީއީ) ވެސް އެ ޖަމިއްޔާ އިން ވަނީ ރާއްޖެއަށް ދީފަ އެވެ.

ޕީޕީއީ އާލާތްތަކުގެ ތެރޭގައި ގައުންއާއި، ފޭސްމާސްކުގެ އިތުރުން އަންގިއާއި، ފޭސް ޝީލްޑްފަދަ މުހިންމު އާލާތްތައް ހިމެނެ އެވެ. 

އެންމެ ފަހުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހަދިޔާކުރި ޓެސްޓިން ކިޓްތަކާއެކު އެ ޖަމިއްޔާ އިން ރާއްޖެއަށް މިހާތަނަށް ޖުމްލަ 26،000 ޓެސްޓް ކިޓް ވަނީ ހަދިޔާކޮށްފަ އެވެ.  

ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެކި ގޮތް ގޮތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެ ބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކި ކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާއަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައި ވެސް އެ ޖަމިއްޔާއިން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް