ads
ޑރ. އިބްރާހިމް އަފްޒަލް--
އިތުރު 111 މީހަކު ކަރަންޓީން ފެސިލިޓީ ތަކުން ދޫކޮށްލައިފި
އިތުރު 111 މީހަކު ކަރަންޓީން ފެސިލިޓީ ތަކުން ދޫކޮށްލެވިފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅު ވެއްޖެ އެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ އިތުރު 111 މީހަކު މިއަދު ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްލެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ޓަރާންސިޓާ ކަރަންޓީން ފެސިލިޓީ ތަކަށް މިއަދު 202 މީހަކު ބަދަލު ކޮށްފައިވާ ވާހަކަ ވެސް މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު އިތުރު 46 މީހަކު ބަލިން ރަނގަޅުވެފައި ވާކަމަށްވެސް މިރޭގެ ޕްރެސް ގައި ވަނީ ހިއްސާ ކޮށްފަ އެވެ. އެއާއެކު ޖުމްލަ 232 މީހުން މިހާރު ވަނީ ރާއްޖެއިން ކޮވިޑް-19 ވައިރަހުން ރަނގަޅު ކޮށްފަ އެވެ.

އޭގެ އިތުރުން، މިހާތަނަށް ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ގިނައީ 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުން ކަމަށް ޑޮކްޓަރު ފާހަގަކުރެއްވި އެވެ. އަދި މާލޭގައި ކޮމިއުނިޓީ ސްޕްރެޑް ފެށުމުގެ ފަހުން ރަނގަޅުވެފައި ވަނީ 214 މީހުން ކަމަށް ވެސް ޑރ. އަފްޒަލް ފާހަގަކުރެއްވި އެވެ. 

ރާއްޖެ އިން ކޮވިޑް-19 އަށް މިހާރު ފަރުވާ ހޯދަމުން ދަނީ 1200 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް