ads
މަބްރޫކް އަޒީޒް-- ފޮޓޯ: ރައީސް އޮފީސް
ޓްރާންސިޓް ކަރަންޓީން ފެސިލިޓީ ތަކަށް 202 މީހުން ބަދަލު ކޮށްފި
ޓްރާންސިޓް ކަރަންޓީން ފެސިލިޓީ ތަކަށް އިތުރު 202 މީހުން ބަދަލު ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅު ވެއްޖެ އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ކޮވިޑް-19 ޕްރެސްގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އެމަޖަންސީ އޮޕަރޭސަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރަށްތަކަށް އަނބުރާ ދާންބޭނުންވާ މީހުންގެ ތެރެއިން 202 މީހަކު ޓްރާންސިޓް ފެސިލިޓީތަކަށް މިއަދު ބަދަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ޓްރާންސިޓް ފެސިލިޓީތަކަށް މިހާތަނަށް ޖުމްލަ 2،255 މީހަކު މިހާތަނަށް ވަނީ ގެންދެވިފަ އެވެ.

ހޯމަ ދުވަހު ބޭއްވުނު ޕްރެސްގައި މަބްރޫކް ވިދާޅުވީ ކުރު މުއްދަތަށް މާލެ އައިސްފައިވާ މީހުންނާއި އަދި ވެސް އިތުރު މީހުން ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މައުލޫމާތުދޭ ކަމަށެވެ. 

އެލްޖީއޭ އިން ކަރަންޓީނަށް މީހުން ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާއިރު މީހުން ގެންދިއުމުގައި އިސްކަންދޭނެ ގޮތުގެ ލިސްޓެއް ވެސް ވަނީ އާންމުކޮށްފަ އެވެ. 

މާލޭގައި ތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށް ދިއުމަށް 5000 އެއްހާ މީހުން ވަނީ އެދިފަ އެވެ. އެކަމަކު މާލެއަށް ކުރު މުއްދަތުގެ ދަތުރުތަކުގައި އައިސްފައި ވަނީ 1800 މީހުން ކަމަށް ސަރުކާރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް