ads
ޑރ. އިބްރާހީމް އަފްޒަލް--
މާސްކު ހުންނަން ޖެހޭ މިންގަނޑު ޑރ. އަފްޒަލް ހިއްސާ ކޮށްފި
މާސްކުތައް ހުންނަން ޖެހޭ މިންގަނޑު ޑރ. އަފްޒަލް ހިއްސާ ކޮށްފި އެވެ.

ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ޑރ. އިބްރާހިމް އަފްޒަލް ވަނީ ގެއިން ބޭރަށް ނިކުންނަ ހާލަތެއްގައި މާސްކު ބޭނުން ކުރާނެ ގޮތުގައި މިންގަނޑުތއް ކިޔައިދީފަ އެވެ. 

އެގޮތުން ޑރ. އަފްޒަލް ވިދާޅުވީ، މާސްކުގައި މަދުވެގެން ދެ ލޭޔާ ނުވަތަ ތިން ލޭޔާ ހުންނަން ޖެހޭނެ ކަމަށެވެ. އަދި ދެމޭ ފޮތުން ހަދާފައިވާ މާސްކު އެހާ ރަނގަޅު ނޫން ކަމަށް ވިދާޅުވި އެވެ. އަދި އޭގެ އިތުރުން، މާސްކުން ނޭފަތާ އަނގަޔާ ރަނގަޅައް ފޮރުވެންޖެހޭނެ ކަމަށާއި މާސްކު ހުންނަންޖެހޭނީ ބާރުކޮށް މޫނަށް ފިޓުކޮށް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ފިޓޫ ކޮށް މާސްކު ހުރި ކަމުގައިވީ ނަމަވެސް މާސްކު އަޅާފަ ހުންނައިރު ފަސޭހައިން ނޭވާލެވެންޖެހޭނެ ކަމަށެ ވެސް ވަނީ ވިދާޅުވެފަ އެވެ.

"މާސްކުން ނޭފަތާ އަނގަޔާ ރަނގަޅައް ފޮރުވެންޖެހޭނެ. މާސްކު ހުންނަންޖެހޭނީ ބާރުކޮށް މޫނަށް ފިޓުކޮށް. މާސްކެއްގަ މަދުވެގެން ދެ ލޭޔާ ނުވަތަ ތިން ލޭޔާ ހުންނަންޖެހޭނެ. މާސްކު އަޅާފަ ހުންނައިރު ފަސޭހައިން ނޭވާލެވެންޖެހޭނެ. ދެމޭ ފޮތިން ހަދާ މާސްކު ރަނގަޅެއް ނޫން. މާސްކު އެޅީމަ އެ ހިސާބުން ނިމުނުކަމަށް ވިސްނަައިގެން ނުވާނެ. އޭގެ އިތުރުން ގިނަގިނައިން ސާބޯނި ލައިގެން އަތް ދޮވުން ފަދަ ކަންކަން ކުރަންޖެހޭނެ." - ޑރ. އިބްރާހިމް އަފްޒަލް

ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ ލޮކްޑައުންގައި އޮންނައިރު ގޭގެއަށް އެއްވެސް މީހަކަށް ޒިޔާރަތް ނުކުރެވޭނެ ކަމަށެވެ. އަދި ގޭގެއަށް ދާނަމަ އެ ގެއެއްގެ ބަޔަކު އެކަންތައް ހުއްޓުވަން ޖެހޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މިރޭގެ ޕްރެސްގައި މަބްރޫކް އަޒީޒް ވިދާޅުވީ މާދަމާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ފަރާތުން މާސްކު އަޅާނެ ގޮތުގައި ގަވައިދު ތަކެއް މާދަމާ ރައްޔިތުންނާއި ހިއްސާ ކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް