ads
ޑރ. އިބްރާހީމް އަފްޒަލް--
ފްރޮންޓް ލައިންގައި މަސައްކަތް ކުރާ 223 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
ފްރޮންޓް ލައިންގައި މަސައްކަތް ކުރާ 223 މީހަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެ އެވެ.

މިރޭ ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވަނީ އެންމެ ފަހުގެ ކޮވިޑް-19 ތަފާސްހިސާބުތައް ދައްކާލާފަ އެވެ.

އެގޮތުން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 223 މީހުން މިހާތަނަށް އައިއިރު ކޮޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ މީހުންނަށް ބަލިޖެހުމުގެ ނުރައްކާ އޮތް އިރު، އޭގެ ތެރޭގައި 40 އަކަށް ސިފައިން ވެސް ހިމެނެ އެވެ. އަދި 293 ފުލުހަކު މިހާރު އައިސޮލޭޓް ކުރެވިފައިވާކަމަށް ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވެއެވެ.

މިދުވަސްވަރު ރައްޔިތުނަށް ހިދުމަތްކޮށްދިނުމަށް ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ ފުލުހުންގެ މެދުގައި ބަލިފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން ނެވެ.    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް