ads
ޒްލަޓާން އިބްރަހޮމަވިޗް
ޒްލަޓާންގެ އަނިޔާ ސީރިއަސްއެއް ނޫން
އޭސީ މިލާނުގެ ތަޖުރިބާކާރު ފޯވާޑް، ސްވިޑިންގެ ޒްލަޓާން އިބްރޮހަމަވިޗަށް ޕްރެކްޓިހުގައި ހޯމަ ދުވަހު ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭ އެނބުރި ކުޅުމަށް އާދެވޭނެ ކަމަށް އޭސީ މިލާނުން ބުނެފިއެވެ.
Advertisement

ޒްލަޓާންއަށް ލިބުނު އަނިޔާގެ ތަފްސީލް ނުދިން ނަމަވެސް އަންގާރަ ދުވަހު މިލާނުން ބުނީ، ޒްލަޓާން އެނބުރި ކުޅުމަށް އަންނާކަށް ގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ.
އުމުރުން ތިރީސް އަށް އަހަރުގެ ޒްލަޓާންއަށް ހޯމަ ދުވަހު އޮތް ޕްރެކްޓިހުގައި ލިބުނު އަނިޔާއާ ގުޅިގެން އޭނާވަނީ އަންގާރަ ދުވަހު ޓެސްޓްތަކެއް ހަދާފައެވެ. އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ޒްލަޓާންގެ ކަނާތު ފައިގެ ކުޑަކަޅުވާއަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ ހަތަރު ހަފުތާގެ ތެރޭގައި އޭނާއަށް ކުޅެވެނޭ ކަމަށެވެ. އެހެންކަމުން، މިހާރު މެދު ކަނޑާލާފައިވާ އިޓާލިއަން ލީގުގެ ކުޅުން އަލުން ފެށޭނެ ކަމަށް ބެލެވޭ ދުވަސްވަރު ޒްލަޓާނަށް ނުކުޅެވުނު ނަމަވެސް އަންނަ މަހުގެ ތެރޭގައި އޭނާއަށް ކުޅެވޭނެ އެވެ. އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދިހަ ދުވަސް ފަހުން ހަދާ އިތުރު ޓެސްޓްތަކަކަށް ފަހު ޒްލަޓާންގެ ހާލަރު އެނގޭނެއެވެ.

ޒްލަޓާންއަށް އަނިޔާ މިވީ، ކޮވިޑާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އަމިއްލަ ގައުމުގައި ހުރުމަށް ފަހު އެނބުރި އިޓަލީއަށް ދިޔަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އިޓަލީއަށް ދިޔުމަށް ފަހު ފުރަތަމަ ޒްލަޓާން ހުރީ ކަރަންޓީނުކޮށްފައެވެ. އޭގެ ފަހުން ކޮވިޑަށް ޓެސްޓުކޮށް ނެގެޓިވްވުމުން އޭނާގެ ލަގްޒަރީ އެޕާޓްމެންޓަށް އޭނާ ބަދަލުވިއެވެ. އިޓަލީގެ ގިނަ ކްލަބުތަކުން މިހާރުވަނީ އަލުން ޕްރެކްޓިސްތައް ފަށާފައެވެ. ޕްރެކްޓިސްތައް އަލުން ފެށި ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއްވެސް ކްލަބުތަކުންވަނީ އަޅާފައެވެ. މެދު ކަނޑާލާފައިވާ އިޓަލީ ލީގު އަލުން ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް