ads
މަޖިލީހުގެ ކުރީގެ ރައީސް މަސީޙް އަދި ރައީސް ނަޝީދު--
މަޖިލިސް19 އަށްވުރެ ގިނަ ބިލް މަޖިލިސް18ގެ ފުރަތަމަ އަހަރު ނިންމި!
ނާވަރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އަހަރަށްވުރެ، އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އަހަރު ނިންމި ބިލްތަކުގެ އަދަދު އިތުރުކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވައި ކުރައްވާފައިވަނީ ދެހާސް ނަވާރަވަނަ އަހަރުގެ މެއި މަހުގެ އަށާވީސްވަނަ ދުވަހުއެވެ. އެހެންކަމުން މިއަދަކީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް އެއް އަހަރު ފުރިހަމަވާ ދުވަހެވެ. އެމްޑީޕީގެ ފަސްދޮޅަސް ފަސް މެންބަރުންނާއި އެކު ޖުމްލަ އަށްޑިހަ ފަސް މެންބަރުން ހިމެނޭ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް މިއަދާއި ހަމައަށް ނިންމައި، ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ތަސްދީޤު ކުރައްވާފައިވަނީ ފަންސަވީސް ބިލެކެވެ. އޭނގެ ތެރޭގައި މުޅިން އަލަށް ހުށަހެޅި ބިލްތަކާއި، އިސްލާހު ކުރެވުނު ޤާނޫނުތަކުގެ އިތުރުން ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާޙުތައް ހިމެނެއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ފަންސަވީސް ބިލް ނިންމުމުން އޭނގެ މާނައަކީ އެވްރެޖްކޮށް މަހަކު ގާތްގަނޑަކަށް ދެ ބިލުގެ މަސައްކަތް ނިންމުމެވެ.

ނާވަރަ ވަނަ މަޖިލީހުން އަހަރު ދުވަހުގެ ތެރޭގައި ފަންސަވީސް ބިލް ނިންމާފައިވާއިރު، ދެހާސް ސާދަ ވަނަ އަހަރުގެ މެއި މަހުގެ އަށާވީސްވަނަ ދުވަހު ހުވައި ކުރި، އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ފުރަތަމަ އެއް އަހަރު ދުވަހުގެ ތެރޭގައި ތިރީސް ހަ ބިލް ނިންމައި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ތަސްދީޤު ކުރައްވާފައިވެއެވެ. އޭނގެ ތެރޭގައިވެސް ހިމެނެނީ، މުޅިން އަލަށް ހުށަހެޅި ބިލްތަކާއި، އިސްލާހު ކުރެވުނު ޤާނޫނުތަކުގެ އިތުރުން ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާޙުތަކެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން އެންމެ ފުރަތަމަ ނިންމާފައިވަނީ، މަޖިލީހުގެ މެންބަރުން ހުވައި ކުރެއްވިތާ ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ރައީސް ތަސްދީޤު ކުރެއްވި، ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނެވެ. އެ ޤާނޫނު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތަސްދީޤު ކުރައްވާފައިވަނީ ދެހާސް ނަވާރަވަނަ އަހަރުގެ ޖޫން މަހުގެ ސައުވީސް ވަނަ ދުވަހުއެވެ. ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އަހަރުގައި އެންމެ ފަހުން ނިންމާފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނެވެ. މި ޤާނޫނު ތަސްދީޤު ކުރައްވާފައިވަނީ، މި ހިނގާ މެއި މަހުގެ ދިހަވަނަ ދުވަހުއެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އަހަރުގެ މަސައްކަތަކަށް ބަލާއިރު، އެންމެ ފުރަތަމަ ނިންމައި، ރައީސް ޢަބްދުﷲ ޔާމީން ތަސްދީޤު ކުރައްވާފައިވަނީ (ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ ޚާއްޞަ މެންބަރުންގެ މުސާރަ ކަނޑައެޅުމުގެ ޤާނޫނު) އުވާލުމުގެ ޤާނޫނެވެ. މި ޤާނޫނު ރައީސް ޔާމީން ތަސްދީޤު ކުރެއްވީ ދެހާސް ސާދަވަނަ އަހަރުގެ ޖުލައި މަހުގެ ތޭވީސްވަނަ ދުވަހުއެވެ. އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އަހަރު، އެންމެ ފަހުން ނިންމައި، ރައީސް ތަސްދީޤު ކުރެއްވި ޤާނޫނަކީ، ސިއްޙީ ޚިދުމަތްތެރިންގެ ފަންނީ މަސައްކަތްތެރި ކަމުގެ ޤާނޫނެވެ. މި ޤާނޫނު ރައީސް ޔާމީން ތަސްދީޤު ކުރެއްވީ ދެހާސް ފަނަރަވަނަ އަހަރުގެ މެއި މަހުގެ ތޭރަވަނަ ދުވަހުއެވެ.

އެހެންކަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ތަސްދީޤު ކުރައްވާފައިވާ ބިލްތަކުގެ އަދަދަށް ބަލާއިރު، ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބަލަހައްޓަވާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށްވުރެ، ޢަބްދުﷲ މަސީޙު މުހައްމަދު ރިޔާސަތު ބަލަހައްޓަވައި، ރައީސް ޢަބްދު ޔާމީން ޢަބްދުލް ޤައްޔޫމް ތަސްދީޤު ކުރެއްވި ޤާނޫނުތަކުގެ އަދަދު ފުރަތަމަ އަހަރަށް ބަލާއިރު ގިނައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް