ads
އިންޑިޔާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ރާއްޖޭގެ ނިއު ކުޅުނު މެޗެއްގެ ތެރެއިން
އިންޑިޔާގެ ފުޓްބޯޅަ ސީޒަންސެޕްޓެމްބަރުގައި ފެށޭތޯ ބަލަނީ
އިންޑިޔާގެ ފުޓްބޯޅަ ސީޒަން އަންނަ ސެޕްޓެމްބަރު ނުވަތު އޮކްޓޫބަރު މަހު ފެށުމަށް އޯލް އިންޑިޔާ ފުޓްބޯލް ފެޑެރޭޝަނުން ތައްޔާރުވާން ފަށައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ އޯލް އިންޑިޔާ ފުޓްބޯޅަ ފެޑެރޭޝަންގެ ޖެނެރަލް ސެކެއްޓްރީ ކުޝާލް ދާސްއެވެ.
Advertisement

އޯލް އިންޑިޔާ ފުޓްބޯޅަ ފެޑެރޭޝަނުންވަނީ، ކޮވިޑާއި ގުޅިގެން ކުރިއަށް ނުގެންދެވިގެން އައިލީގު ކެންސަލްކޮށްފައެވެ. އައި ލީގުގެ ބާކީބައި ކެންސަލްކޮށް، ލީގުގެ އެއްވަނަ މަގާމުގައި އޮތް މޯހަން ބަގާންއަށް ޗެމްޕިއަންކަން ދިނުމަށް އިންޑިޔާ ފެޑެރޭޝަނުން ނިންމީ އައި ލީގު ކޮމިޓީއާއި އޭއެފްސީއާވެސް މަޝްވަރާ ކުރުމަށް ފަހު މިދިޔަ އޭޕްރީލް މަހުއެވެ. ލީގުގެ ކުޅުން ސަސްޕެންޑް ކުރީ މާރިޗު މަހުއެވެ. އަދި އޭރުއްސުރެ ފެށީގެން އައީ އައު ސީޒަން ފެށުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.

ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރު މަހު އައު ސީޒަން ފެށުމަށް އިންޑިޔާ ފެޑެރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު، ޖެނެރަލް ސެކެއްޓްރީ ދާސް ވިދާޅުވީ، ލީގުގެ ކުޅުން ކުރިއަށް ގެންދާނީ ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅުތަކާއި އެކު ކަމަށެވެ.

ސެޕްޓެމްބަރު މަހު ފެށުމަށް މަސައްކަތް ކުރަމުން މި އަންނަނީ. އެކަމަކު ސަޕޯޓަރުންނަކަށް ނުވަދެވޭނެ. ސަރުކާރުން، އަދި އޭއެފްސީއާއި ފީފާއިން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ކުރިއަށް ގެންދާނީ.

އިންޑިޔާގެ ފުޓްބޯޅަ ސީޒަން ކެންސަލް ކުރިއިރު ބާކީ އަށާވީސް މެޗު ނުކުޅެ އޮތެވެ. އެހެންނަމަވެސް މި މެޗުތައް ކުޅުނު ނަމަވެސް އޭނގެ ނަތީޖާއިން އެއްވަނައިގަ އޮތް މޯހަން ބަގާންއަށް ލީގު ގެއްލޭނެ އެއްވެސް ގޮތެއް ނެތަތީ ލީގު އިންތިޒާމް ކުރާ ކޮމިޓީން ނިންމާފައިވަނީ ޗެމްޕިއަން ޓީމުގެ ގޮތުގައި މޯހަން ބަގާން ކަނޑައަޅައި، އަންނަ އަހަރުގެ އޭއެފްސީ ކަޕުން އެ ޓީމަށް ފުރުސަތު ދޭށެވެ. ލީގު ނިންމާލުގެ އިތުރުން ލީގުގެ ދެވަނަ މަގާމުން ފެށިގެން ފުލުގައި އޮތް ޓީމަށް އެއްވަރަށް ލީގުގެ އިނާމު ފައިސާ ބަހާލަންވެސް އިންޑިޔާ ފެޑެރޭޝަނުންވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް