ads
ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް / ފޮޓޯ: ދަ ޕްރެސް
ބަނޑަށް ދަރިފުޅު މަރުވި ދެ މައްސަލަ އަދި ތުއްުތު ކުއްޖާ މަރުވި މައްސަލަ މަޖިލީހަށް!
މާބަނޑު ދެ އަންހެނުންގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައާއި އެޑީކޭ ހޮސްޕިޓަލުގައި ހަތަރު މަހުގެ ކުއްޖަކު މަރުވި މައްސަލަ ބެލުމަށް އެދި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝީޔާމް ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އއ. ތޮއްޑޫގައި މާބަނޑު އަންހެނަކު އެ އަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންދިއުމުގައި ލަސްވުމުގެ ސަބަބުން އަންހެން މީހާގެ ބަނޑަށް ދަރިފުޅު މަރުވެފައިވާ ކަމަށެވެ.

އަދި މި މަހުގެ 25 ވަނަ ދުވަހު ށ. ނަރުދޫގައި މާބަނޑު އަންހެނަކު ށ. އަތޮޅު ހޮސްޕިޓަލަށް ވިހެއުމަށް ގެންދިމުގެ ހުއްދަ ލިބިފައިނުވާ ކަމަށާއި އެގޮތުން ށ. މިލަންދޫ އިން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދެނުއިރު އަންހެނާގެ ބަނޑަށް ދަރި މަރުވެފައިވާކަމަށް އެ ސިޓީގައި ބުނެ އެވެ.

އޭގެ އިތުރުން މި މަހުގެ 22 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލަށް ބަލިވެގެން ގެންދެވުނު ހަތަރު މަހުގެ ތުއްތު ކުއްޖާ މަރުވެފައި ވަނީ ފަރުވާ ދިނުމުގައި އިހުމާލުވެފައިވާތީ ކަމަށް ތުއްތު ކުއްޖާގެ އަާއިލާއިން ތުހުމަތު ކުރާކަމަށް ސިޓީގައިވެ އެވެ. 

އަދި ކުއްޖާއަށް ދިމާވި ހާލަތަކީ ވަގުތުން ސާޖަރީ ކުރަންޖެހޭ ހާލަތެއްކަމަށް މައުލޫމާތު ލިބިފައިވަނީ ކުއްޖާ މަރުވި ފަހުންކަމަށާއި އެކުއްޖާއަށް ފަރުވާ ނުދެވި ލަސްވެފައިވާކަމަށް އާއިލާއިން ބުނެފައިވާކަމަށްވެސް ސިޓީގައި ވެއެވެ.

އެހެންކަމުން އެ ތިން މައްސަލަ ތަހުގީގުކޮށްދިނުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އެދޭކަމަށް ޝީޔާމް ފޮނުވި ސިޓީގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް