ޖޫން 20 ވަނަ ދުވަހު ލީގު އަލުން ފަށާނީ ސަރުކާރުގެ ހުއްދައާއި ވެސް އެކުގައެވެ. އޭގެ ހަފުތާއެއް ކުރިން އިޓާލިއަން ކަޕުގެ މެޗުތައް ފަށަން މިހާރުވަނީ ނިންމާފައެވެ.
މާޗު މަހު މެދު ކަނޑާލާފައިވާ އިޓާލިއަން ލީގުގެ ކުޅުން އަލުން ފަށާނީ އޮގަސްޓް ފަހު ކޮޅަށް މެޗުތައް ނިންމާލެވޭ ގޮތަށެވެ. އަދި އަންނަ ސީޒަން އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ފެށުމަށްވެސްވަނީ ރާވާފައެވެ. އިޓާލިއަން ލީގު މެދުކަނޑާލިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ތާވަލުގެ އެއްވަނަ މަގާމުގައި ފަސްދޮޅަސް ތިން ޕޮއިންޓާއި އެކުގައެވެ. ދެވަނަ މަގާމުގައި ލާޒިއޯ އޮތީ ފަސްކޮޅަށް ދެ ޕޮއިންޓާ އެކުއެވެ.
އިޓަލީގައި ފުޓްބޯޅަ އަލުން ފެށުމުގެ ތައްޔާރީތައް ކުރިއަށްދާއިރު، މެޗުތައް ކުޅޭނީ ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅުތަކާއި އެކު އަދި ސަޕޯޓަރުން ނުވައްދައެވެ.