ads
ނަރުދޫ---
ނަރުދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި
ށ. ނަރުދޫ މޮނިޓަރިންގެ ހާލަތުން ނެގިކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

މާލެ އިން ފުރައިގެން ށ. ނަރޫއަށް 15 މޭ ގައި ދަތުރުކުރި އަމާޒު ބޯޓުގެ ކައްޕި ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެވުނެ އެވެ. އެގޮތުން ގެއިން ބޭރަށް ނުކުތުން އޭޕްރީލް މަހުގެ 25 ވަނަ ދުވަހު 12:32 އިން ފެށިގެން މަނާކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.  

ނަރުދޫ މޮނިޓަރިންގެ ހާލަތުން ނެގިކަން އަންގާ ފޮނުވި ލިއުމުގައި ބުނީ ކޮވިޑް-19 އާ ގުޅިގެން (އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު)ގެ 12 ވަނަ މާއްދާގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު މޮނިޓަރިންގެ ހާލަތުގައި އިތުރަށް އެރަށް ބާއްވަންޖެހޭ ސަބަބެއް ނެތުންކަމަށް ބުނެފައިވާއިރު މޮނިޓަރިންގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތައް އުވިގެންދާނެކަމަށް އެ ލިއުމުގައި ބުނެފައިވެ އެވެ. ނަރުދޫ މޮނިޓަރިން ހާލަތުން ނެގިކަން އެޗްޕީއޭއިން އަންގާފައިވަނީ ރޭ 23:32 ގައެވެ.

އަތޮޅުތެރެއިން ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ކޭސް ރިޕޯޓް ކުރި ނަރޫއިން ޖުމްލަ 11 މީހަކަށް ބަލި ޖެހިފައިވެ އެވެ. އެގޮތުން ބަލި ޖެހުނު މީހުންނަކީ އަމާޒު ބޯޓުގެ ކައްޕިއާއި އޭނަގެ އައިލާގެ ތިން މީހުންނާއި ، ބޯޓުގެ ދެ ފަޅުވެރިންނާއި އެ އާއިލާގެ އިތުރު ތިން މީހުންނާއި، އަމާޒު ބޯޓުން ދަތުރުކުރި މިލަންދޫ މީހެކެވެ.

ނަރުދޫ އަދި މިލަންދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން މިހާރު ތިބީ ހދ. ދޮނަކުޅި ކަރަންޓީނު ފެސިލިޓީގައިކަމަށްވާއިރު މައުލޫމާތު ލިބޭ ގޮތުގައި ބަލި ޖެހުނު އެންމެގެ ގައިން ވަނީ ޑަބަލް ސާމްޕަލް ނަގާފަ އެވެ. އަދި އެންމެގެ ހާލުވެސް ރަނގަޅުކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް