ads
ޑިއެގޯ ކޮސްޓާ
ޑިއެގޯ ކޮސްޓާގެ މައްޗަށް ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތު
އެތްލެޓިކޯ މެޑްރިޑްގެ ޑިއެގޯ ކޮސްޓާގެ މައްޗަށް ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތު ކުރެވި، އަންނަ ހަފުތާ ތެރޭ މައްސަލަ ބަލަން ފަށަން ތައްޔާރުވެއްޖެއެވެ. ކޮސްޓާގެ މައްޗަށް ކުރެވޭ ޓެކުހަށް މަކަރު ހެދުމުގެ މައްސަލަ ފެށޭނީ ޖޫން ހަތަރެއްގައެވެ.

ކޮސްޓާގެ މައްޗަށް އެތައް މިލިއަން ޔޫރޯއަކުން ޓެކުހަށް އޮޅުވާލުމުގެ ތުހުމަތު ކުރެވެއެވެ. އޭނގެ ތެރޭގައި ދެހާސް ސާދަވަނަ ވަނަ އަހަރު، ޗެލްސީއިން އެތްލެޓިކޯއަށް ބަދަލުވި އިރު ޓްރާންފަރ ފީ އަށް އޮޅުވާލުންވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން އިމޭޖް ރައިޓްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީންވެސް އޭނާ އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

އުމުރުން އެއް ތިރީސް އަހަރުގެ ޑިއެގޯ ކޮސްޓާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ސާބިތު ވެއްޖެ ނަމަ، ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. އެހެންނަމަވެސް ސްޕެއިންގެ ޤާނޫނުތައް އޮންނަ ގޮތުން، ބައެއް ބާވަތްތަކުގެ މައްސަލަތަކުގައި ކުރެވޭ ޖަލު ހުކުމްތައް ޖޫރިމަނާއަކަށް ބަދަލު ކުރެވެއެވެ. ޓެކުހަށް އޮޅުވާލުމުގެ ބައެއް މައްސަލަތައްވެސް އެ ގޮތަށް މީގެ ކުރިންވެސް ބަދަލުކޮށް ބައެއް އެތްލީޓުން ޖޫރިމަނާއާއި އެކު ޖަލުން ސަލާމަތްވެފައި އެބަހުއްޓެވެ.

ވޭތިވެ ދިޔަ ވިއްސަކަށް އަހަރަށް ބަލާއިރު ސްޕެއިންގައި ކުޅުނު އެތައް އެތްލީޓުންނެއްގެ މައްޗަށް ޓެކުހަށް އޮޅުވާލުމުގެ ތުހުތު ކުރެވިފައި އެބަހުއްޓެވެ. އޭނގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް