
ބިލިއަނަރުގެ ލަގަބު މިހާރު ކައިލީއަށް ހައްގު ނޫން ކަމަށް ބުނެ ޕޯބްސުން ހުކުރު ދުވަހު ކުރި ޕޯސްޓުގައި ބުނީ ކައިލީ ވަނީ އެނާގެ ކޮސްމެޓިކްސް ކުންފުނީގެ 51 އިންސައްތަ ކޯޓީ ކުންފުންޏަށް 1.2 ބިލިއަނަށް މިއަހަރުގެ ކުރީކޮޅު ވިއްކާފައި ކަމަށެވެ.
ކޯޓީ ކުންފުންޏަކީ މެކްސް ފެކްޓާ އަދި ހިއުގޯ ބޮސް ފަދަ ބްރޭންޑްުތައް މެނޭޖު ކުރާ ކުންފުންޏެވެ.
ކައިލީގެ ވިޔަފާރިތަކަކީ އާދައިގެ ވިޔަފާރިތަކެއް ކަމަށާއި އެ އާއިލާއިން ހަރަދުކުރި ވަރާއި އަޅާބަލާއިރު ވަރަށް ކުޑަ ފައިދާއެއްވާ ވިޔަފާރިތަކެއް ކަމަށް ފޯބްސް އިން ބުނެ އެވެ.
ދުނިޔޭގައި ހުރި އެންމެ ހަގު ބިލިއަނަރުގެ ލަގަބު ކައިލީއަށް ލިބުނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެކަމަކު އެ ލަގަބު އޭނާއަށް ހައްގު ނޫން ކަމަށް ބުނެ ޕޯބްސް އިން ކުރި ޕޯސްޓަށް ކައިލީ ދިން ރައްދުގައި ވަނީ އެެއީ އޭނާގެ އަގު ވައްޓާލުމަށް ކޮށްފައި އޮތް ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ކައިލީ ބުނީ އެއިން ފެނިގެންދަނީ ތެދު ނޫން މައުލޫމާތުތަކެއް ކަމަށައި އަދި ހީވާ ހިޔެއްގެ މައްޗަށް ލިޔެފައި އޮތް އެއްޗެއް ކަމަށެވެ. އޭނާ އެއްވެސް ލަގަބެއް ހޯދަން ނޫޅޭ ކަމަށް ބުނެ ކައިލީ ވަނީ އޭނާގެ ވިޔަފާރި ވަރަށް ކާމިޔާބު ކަމަށް ވެސް ބުނެފަ އެވެ.
ކައިލީއަކީ ޒުވާނުންގެ މެދުގައި މަގްބޫލު އާޓިސްޓެކެވެ. އެންމެ ފުރަތަމަ ލިޕްސްޓިކް ވިއްކަމުން ވިޔަފާރީގެ ތެރެއަށް ވަތް ކައިލީ މިހާރު އަންނަނީ ތަފާތު ރީތިވާ ސާމާނު ވިއްކަމުންނެވެ.