ads
ޕާތު އޭނާގެ އާ ކާރާއެކު--
ޕާތު އާ ކާރެއް ގަނެފި
މަޝްހޫރު ޓީވީ އެކްޓަރު ޕާތު ސަމްތާން އާ ކާރެއް ގަނެފިއެވެ.
މަޝްހޫރު ޓީވީ އެކްޓަރު ޕާތު ސަމްތާން އާ ކާރެއް ގަނެފި އެވެ.

އިންސްޓަގުރާމު މެދުވެރިކޮށް ޕާތު އޭނާގެ އާ ކާރު ދައްކާލާފައިވާއިރު ޕާތު ގަނެފައިވަނީ ހުދުކުލައިގެ މާސިޑީސް ބްރޭންޑުގެ ކާރެކެވެ.

ގިނަ ބަޔަކު ޕާތު އަށް މަރުހަބާ ކިޔަމުން އަންނައިރު މިއީ ޕާތު އޭނާގެ މަންމަ އަށް ގަނެދިން ކާރެއް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން އަންނަނީ ބުނަމުންނެވެ.


އުމުރުން 28 އަހަރުގެ ޕާތު ޓީވީ އިންޑަސްޓްރީގައި ފުރަތަމަ މަސައްކަތްކޮށްފައިވަނީ ލައިފް އޯކޭ އިން އަންނަ "ސާވްދާން އިންޑިއާ"ގެ އެޕިސޯޑުތަކުންނެވެ. އެއަށްފަހު އެމްޓީވީއިން ދެއްކި "ވެބްޑް" އާއި "ބިންދާސް" އާއި "ޔޭ ހޭ އާޝިގީ" އަދި ޒިންގް އިން ދެއްކި "ޕިޔާރް ތޫނޭ ކިޔާ ކިޔާ" އިން ވެސް ޕާތު ވަނީ ފެނިގެން ގޮސްފައެވެ.

އޭނާ އެންމެ ފުރަތަމަ ލީޑު ރޯލުން މަސައްކަތް ކުރީ "ބެސްޓް ފްރެންޑްސް ފޯރް އެވާ" އިންނެވެ. އެއަށްފަހު އޭނާ ވަނީ "ކޭސީ ޔޭ ޔާރިޔަން" އިން ފެނިގެންގޮސްފައެވެ. އޭނާ ވަނީ އެޝޯގެ ތިން ސީޒަނުންވެސް ފެނިގެންގޮސްފައެވެ.

ޕާތު ވަނީ ބޮލީވުޑު ފިލްމު "ގޫގްލީ ހޯ ގައީ" ގައި ވެސް މަސައްކަތް ކޮށްފައެވެ. ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ: ޒިންދަގީ ކޭ" ގައި އަނޫރާގުގެ ރޯލުން ފެނިގެންދާ ޕާތު އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް