ads
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
101 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުން
ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު އުޅެނީ 1773 ގައި
ރާއްޖެއިން އިތުރު 101 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މރޭ ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ 101 މީހަކު ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ އެއްތަނެއްގައި އުޅޭ މީހުން ކަމަށެވެ. 

އެގޮތުން އެއް ތަނަކުން 79 މީހުން ޕޮޒިޓިވްވިކަން ޑރ. އަފްޒަލް ފާހަގަކުރައްވަ އެވެ.

ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 72 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ 21 މީހެއްގެ އިތުރުން އަށް ދިވެހިންނެވެ. 

އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 1778 އަށް އަރާފަ އެވެ. 

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ވެސް ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ޖުމްލަ 974 ބަންގްލަދޭޝް މީހަކަށް ރާއްޖެއިން ބަލި ޖެހުނެވެ. އަދި ބަލި ޖެހުނު ދިވެހިންގެ އަދަދު އުޅެނީ 563 ގަ އެވެ. 

މިވަގުތު ރާއްޖޭގައި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 13 މީހަކަށެވެ. އެއީ ފަސް ބިދޭސީންނާއި އަށް ދިވެހިންނަށެވެ. އޭގެ ތެރެއިން ދެ މީހަކަށް ދަނީ އައިސީޔޫގައި ފަރުވާދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް