ads
މަރިޔަމް ޝަފީގް--
ބޭރުގައި ތިބި މީހުންނަށް އެހީ ވާން އާސަންދައިން 2.9 މިލިއަން ހަރަދުކޮށްފި
ބޭރުގައި ތިބި ރާއްޖޭގެ ބަލި މީހުންނަށް އެހީވާން އާސަންދަ އިން 2.9 މިލިއަން ހަރަދުކޮށްފައި ވާނެ ކަމަށް އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް ވިދާޅުވީ، ސިއްހީ ފަރުވާ ހޯދުމަށް ބޭރަށް ގޮސްފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 2.9 މިލިއަން ރުފިޔާ އާސަންދައިން ހަރަދު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއިން ބޭރަށް ސިއްހީ ފަރުވާ ހޯދުމަށް ގޮސްފައިވާ 287 މީހަކަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް މަރިޔަމް ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، ރާއްޖެ ލޮކްޑައުން ކުރެވިގެން ދިޔަ އިރުގައި އަވަށްޓެރި ގައުމުތައް ކަމަށްވާ ސްރީލަންކާ އަދި އިންޑިއާ އަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ސިއްހީ ފަރުވާ ހޯދުމަށް ގޮސްފައިވާ ކަމަށް މަރިޔަމް ވަނީ ވިދާޅުވެފަ އެވެ. 

އެގޮތުން، އެ ގައުމު ތަކަށް ސިއްހީ ފަރުވާ ހޯދުމަށް ގޮސްފައިވާ 114 ބަލި މީހުންނާއި އެމީހުންގެ އެހީތެރިން ގެ ގޮތުގައި ދިޔަ މީހުން އަނބުރާ ރާއްޖެ ގެނައުމުގައި ވެސް އާސަންދައިން އެހީވިކަން ފާހަގަކުރައްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް