ads
ޑރ. އިބްރާހީމް އަފްޒަލް--
ދުވަސްވީ މީހުން ކަސްރަތައް ނިކުންނައިރު މާސްކު އަޅާކަށް ނުޖެހޭނެ: ޑރ. އަފްރާހް
ދުވަސްވީ މީހުން ފަތިހު ކަސްރަތު ކުރުމަށް ބޭރަށް ނިކުމެ އުޅޭއިރު މާސްކު އަޅާކަށް ނުޖެހޭނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ދަރުބާރުގޭގައި މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ފަތިސް ގަޑީގައި ކަސްރަތު ކުރުމަށާއި، ހިނގަން ނިކުމެ އުޅޭ ދުވަސްވީ މީހުން މާސްކު އަޅަން ނުޖެހޭނެ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެ ގަޑީގައި ބޭރަށް ނިކުމެ އުޅޭ މީހުންނަށް އެންމެ ރަނގަޅު ގޮތަކީ މާސްކު ނޭޅުން ކަމަށެވެ. އެގޮތުން، ކަސްރަތު ކޮށް، ހިނގާ ހަދަން ފަތިހު ބޭރަށް ނިކުމެ އުޅޭއިރުގައި، މާސްކު އަޅައިގެން ކަސްރަތު ކުރުމަށް އުޅެއްޖެނަމަ ނޭވާލުމަށް އުނދަގުވުމަކީ އެކަށީގެންވާ ކަމެކެވެ. 

ޑރ. އަފްޒަލް ވިދާޅުވީ ހަށިގަނޑަށް މާބާރު ލައިފިނަމަ ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖެން ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މިހެން ވުމުން ކަސްރަތުކޮށް އުޅޭއިރު އެކަހެރިކޮށް ކަސްރަތު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އެގަޑީގައި ނިކުންނަ މީހުން އާންމުކޮށް މާސްކް ނޭޅިޔަސް ރަނގަޅުވާނެ. ކަސްރަތެއް ގޮތަށް އެކަން ކުރާއިރު ރަނގަޅަކީ މާސްކް ނެޅިއްޔާ. ހަށިގަނޑަށް މާބާރު ލައިފިއްޔާ ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބިދާނެތީ. އެކަހެރިކޮށް ކަަސްރަތު ކުރޭ،" ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި އެވެ.

ޑރ. އަފްޒަލް އިތުރަށް ވިދާޅުވި ގޮތުގައި، ބޭރަށް ނިކުމެ އުޅޭއިރުގައި އެ ގަޑީގައި ދުވަސްވީ މީހުންނާއި ކުޑަކުދިން އަދި ދުވަސްވީ މީހުންނާއި އެކީ ކުޑަ ކުދިން ވެސް އުޅޭ މަންޒަރު ފެންނަ ކަމަށެވެ. އެހެންވުމުން ބޭރަށް ނިކުމެ އުޅޭއިރުގައި ގައިދުރުކަން ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް