ads
އަމީތާބް ބަޗަން--
ލޮކްޑައުންތެރޭ ކޮޓަރި އާއި ފާހަނަ ސާފުކުރަން ދަސްވެއްޖެ: އާމީތާބް
އުމުރުން 78 އަހަރުވީ އިރު ވެސް ދަސްނުވެ ހުރި އެތައް ކަމެއް ލޮކްޑައުން ތެރޭ ދަސްވެއްޖެ ކަމަށް މަޝްހޫރު ފިލްމީ ތަރި އާމީތާބް ބައްޗަން ބުނެފިއެވެ.

އާމީތާބްގެ އުމުރުން 78 އަހަރު ވީ އިރުވެސް ދަސްނުވެ ހުރި އެތައް ކަމެއް މި ލޮކްޑައުންގެ ތެރޭ ދަސްވެއްޖެކަން ޓްވީޓް މެދުވެރިކޮށް އިއުލާނު ކުރަމުން އަމީތާބު ބުނީ ޓްވީޓް މިގޮތަށް ކުރުމަކީވެސް ދަސްވި ކަންކަމުގެ ނަތީޖާއެއް ކަމަށެވެ. 

އަމީތާބް ވަނީ ކުރިން ނުކުރެވި ހުރި އެތައް ކަމެއް އެބަހުރި ކަމަށާއި އެކަންތައްތައް މިހާރު ކުރެވޭ ކަމަށް ބުނެފައެވެ. ކުރިން އަމިއްލަ އަށް ނުކޮށް އެހެން މީހުން ލައްވާ ގިނަ ކަންތައްތަކެއް ކުރަމުން އައިސް މިހާރު އަމިއްލަ އަށް ގޭތެރޭގެ ކަންތައްތައް ކުރަން އުޅުމުން ގޭގެ އެއްޗެހި ހުންނަން ޖެހޭ ތަންތަން ވެސް އޭނާ އަށް އެނގިއްޖެ ކަމަށް އަމީތާބު ޓުވީޓްގައި ބުނެފައި ވެއެވެ. އަދި މި ލޮކްޑައުން ތެރޭގައި އަމިއްލަ އަށް ގޭތެރޭ ސާފުކޮށް، ކޮޓަރި ސާފުކޮށް އަދި ފާހާނާ ސާފުކުރަން ވެސް ދަސްވެއްޖެ ކަމަށް އަމީތާބު ވަނީ ބުނެފައެވެ. 

އާމީތާބުގެ ޓްވީޓުގައި އިތުރަށް ބުނެފައި ވަނީ މިގޮތަށް ސްޓާފުން ލައްވާ މަސައްކަތްތައް ނުކޮށް އަމިއްލަ އަށް މަސައްކަތް ކުރުމުން އެމީހުން އެ އުފުލާ ބުރަ އިހުސާސް ކުރެވުނު ކަމަށާއި އެމީހުންގެ މަސައްކަތް ބަލައިގަންނަކަމަ ށެވެ. އަދި މިއީ ވެސް ހިތްހަމަޖެހޭ ފަދަ މަސައްކަތްތަކެއް ކަމަށާއި ކޮންމެ ދުވަހަކުވެސް ކޮންމެ ވެސް އާ ކަމެއް ދަސްކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ބުންޏެވެ.

ދާދި ފަހުން އަމީތާބު ވަނީ އޭނާގެ ލޮލުގެ ފެނުން ފުސްވެފައިވާ ކަމަށް ބުނެފައެވެ. އަދި ފެނުމުގައި މިދުވަސްކޮޅު މައްސަލަތަކެއް އުޅޭ ކަމަށާއި ލޯ އަނދިރިވުމުގެ މަގުމަތީގައި އުޅޭހެން ހީވާކަމަށް ވެސް އަމީތާބު ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް