
ކުޑައިރުއްސުރެ އާދަޔާހިލާފު ބައްޔަކަށް ޕޮޒިޓްވެ އޭރު އެއީ ކޮން ބައްޔެއްކަމެއް ނޭގި އެތައް ފަރުވާ އެއް އެތައް ގޮތަކުން ފޯރުކޮށްދެމުން ދަނިކޮށް މީހެއްގެ ފަރާތުން ލިބުނު މައުލޫމާތަކާ އެއްގޮތަށް ބެންކޮކަށް މިހާރު އެދަމައިން ދަނީ އާންމުންގެ އެހީތެރިކަމާއެކު ދަތުރުކޮށް ކުއްޖާގެ ބަލީގެ ސަބަބުން ހަށިގަނޑުގައި އަޅާ ވޭން ލުއި ކޮށްދިނުމަށް ޑޮކްޓަރުންގެ ލަފަޔާއެކު މަސައްކަތް ކުރަމުންނެވެ.
ކޮންމެ ތިން މަހަކުން ތިން މަހަކުން ބެންކޮކަށް ގޮސް ކުއްޖާގެ ލޮލަށް ފަރުވާ ހޯދުމަށް މަސައްކަތް ކުރާއިރު އާއިލާއިން ވަނީ މާލީ ދަތިކަމާ ކުރިމަތިލާންޖެހިފަ އެވެ. މަފާޒުގެ މައިންބަފައިން ދަނީ ޖާނާއި މާލުން ގުރުބާންވަމުންނެވެ. ސަބަބަކީ ކުރަންޖެހޭ އޮޕަރޭޝަނުގެ ބޮޑުކަމުންނާއި ބެންކޮކްގައި ތިބެގެން ދާ ހަރަދުވެސް ބޮޑުކަމުންނެވެ. އޮޕަރޭޝަން ނުކޮށް ލަސްވާނަމަ، އޭނާގެ ލޮލުގެ ފެނުން މަޑުމަޑުން އަނެއްކާވެސް ގެއްލޭނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ.
މަފާޒަށް ޖެހިފައިވަނީ ދުނިޔޭގައި މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ "ކެރަޓޯކޮންޖަންކްޓިވައިޓިސް" އެވެ. މި ބަލީގައި ލޮލުގެ ސާފު ކުރިމަތީ ބައި (ކޯނިއާ) އާއި ލޮލުގެ ހުދު ބައި (ކޮންޖަންކްޓިވާ) ނިވާކުރާ ތުނި ފަށަލަ "އިންފްލެމޭޓް" ވެއެވެ.
އުމުރުން 15 އަހަރުގެ މަފާޒުގެ ބޭސްފަރުވާއަށް މިހާތަނަށް އިންޑިއާއަށް 28 ފަހަރު ދަތުރުކޮށް، 17 އޮޕަރޭޝަން ވަނީ ކުރެވިފަ އެވެ. އިންޑިއާގެ ޑޮކްޓަރުން ވަނީ މަފާޒުގެ އަނގައިން ޓިޝޫ ނަގައި އޭނާގެ ލޮލަށް ލައްވާފަ އެވެ. ނަމަވެސް އޭގެ ސަބަބުން ލޮލުގައި އިންފެކްޝަން އުފެދި ލޯ އިތުރަށް ސަކަރާތްވެފައިވެ އެވެ.
މިހާރު އިތުރު ސާޖަރީއެއް ހެދުމަށް ޑޮކްޓަރު ވަނީ ލަފާދީފަ އެވެ. އެ ސަރޖަރީ ހެދުމަށް ބެންކޮކަށް ގޮސް 12 ދުވަހު ހުންނަންޖެހެއެވެ. އެ 12 ދުވަހުގެ ކެއުމާއި، ހުރުމާއި، ސަރޖަރީގެ އިތުރުން ޓިކެޓުގެ ހަރަދަށް ގާތްގަނޑަކަށް 230،813.49 (ދެ ލައްކަ ތިރީސް ހާސް އަށް ސަތޭކަ ތޭރަ ރުފިޔާ ސާޅީސް ނުވަ ލާރި) އަރާނެ ކަމަށް ލަފާކުރެވެ އެވެ.
އެގޮތުން ލޮލުގެ ކޮއި ފަދަ ދަރިފުޅުގެ ލޮލުގެ ފަރުވާއަށް މިފަދަ ބޮޑު ހަރަދެއް ކުރަން ޖެހިފައިވާއިރު، އާއިލާގެ އެހެން އާންމު ހާލަތުވެސް ވަރަށް ދަށެވެ. ތިން ކުދިންނާއި މުޅި އާއިލާގެ ކެއިންބުއިމާއި އެ ނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް އެތަކެއް ހަރަދުތަކެއް ހޭދަވާއިރު، އާމްދަނީ ހޯދުމަށް މަސައްކަތް ކުރަން ހުރީވެސް ހަމަ އެންމެ މީހެކެވެ.
މަފާޒަށް އެހީ ތެރިވުމަށް ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ:
ބީއެމްއެލް ރުފިޔާ އެކައުންޓް ނަންބަރ:7712216293101 (މައުސޫމް ހަސަން)
ބީއެމްއެލް ޑޮލަރު އެކައުންޓް ނަންބަރ: 7730000435922 (މައޫސޫމް ހަސަން)
އިތުރު މައުލޫމާތު ހޯދުމަށް: 7798697 މައުސޫމް ހަސަން (މަފާޒުގެ ބައްޕަ)
ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.