ads
ކަލާފާން ސްކޫލުގެ އާ ޔުނީފޯމް ދައްކާލުމަށް ބެއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ކަލާފާން ސްކޫލް
30 އަހަރު ފަހުން ކަލާފާނު ސްކޫލްގެ ޔުނީފޯމަށް ބަދަލުތަކެއް
ކަލާފާނު ސްކޫލްގެ ޔުނީފޯމަށް ބަދަލުތަކެއް ގެނެސްފިއެވެ.
ކަލާފާނު ސްކޫލްގެ ޔުނީފޯމަށް 30 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ބަދަލުތަކެއް ގެނެސްފި އެވެ.

ކަލާފާނު ސުކޫލުގެ ޕްރިންސިޕަލް ރަހުމާ އަބްދުއްރަހީމް ސީއެންއެމްއަށް މިއަދު ވިދާޅުވީ ސުކޫލުގެ ޔުނީފޯމަށް ބަދަލުގެނެސްފައިވަނީ ބެލެނިވެރިންނާއި ދަރިވަރުންގެ އެދުމުގެ މަތިން ކަމަށެވެ.

އެގޮތުން އާ ޔުނީފޯމުގައި ފިރިހެން އަދި އަންހެން ކުދިން ވެސް މަޑުފެހި ކުލައިގެ ގަމީހެއް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު މީގެ ކުރިން އަންހެން ކުދިން ހުދު ޔުނީފޯމު ލީ ނަމަވެސް އާ އަހަރު ހުރިހާ އަންހެން ކުދިން ލާނީ ސްކާޓެވެ.

މީގެއިތުރުން ސުކޫލުގެ ގްރޭޑް އެކަކުން ފަހެއްގެ ފިރިހެން ކުދިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުރު ފަޓްލޫނެވެ. އަދި ގްރޭޑް ހަޔަކުން ފެށިގެން މަތީގެ ގްރޭޑްތަކުގެ ފިރިހެން ކުދިންނަށް ބޭނުންކުރާނީ ދިގު ފަޓްލޫނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް