ads
ކެޓްރީނާ އާއި އޭނާގެ ކޮއްކޮ--
ކެޓްރީނާ އާއި އިޒަބެލާ، ގޭގެ މަސައްކަތް ކުރަނީ ޑިއުޓީ ބަހައިގެން!
އިންޑިއާ ލޮކްޑައުނެއްގައި އޮންނަތާ ދެ މަސް ފާއިތުވީ އެވެ. ކޮވިޑް-19 އާ ގުޅިގެން ފިލްމީ ދާއިރާ، ހުއްޓިފައިވާ މިދަނޑިވަޅުގައި ތަރިން ތިބީ ގޭގައި އަތް އުރާލައިގެން ކުރާނެ ކަމެއް ނެތިފައެއް ނޫނެވެ. އިންސްޓަގްރާމަށް ތަރިން ހިއްސާކުރާ ޕޯސްޓުތަކުން މި ބަންދުގައި ވެސް އެމީހުންގެ މުރާލިކަން ހާމަވެ އެވެ.

އޭގެ ތެރެއިން އެކަކަކީ ބަތަލާ ކެޓްރީނާ ކައިފެވެ. އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ބުނީ ފިލްމުގެ ޝޫޓިންތައް ނެތަސް ގޭގައި ޑިއުޓީ އަދާ ކުރަމުންދާ ކަމަށެވެ. 

ކެޓްރީނާ ބުނީ އޭނާއަކީ ކެއްކުމަށް އެހާ މޮޅު މީހެއް ނޫން ނަމަވެސް އޭނާގެ ކޮއްކޮ، އިޒަބެއްލާ ކައިފް ކައްކަން ވަރަށް މޮޅު ކަމަށެވެ. އެގޮތުން ދެ މީހުން ކައްކަން ވަނަސް އޭނާ ހުންނަނީ ކައިރީގައި ކޮއްކޮ ހަދާ އެއްޗެއް ބަލަން ކަމަށް ވެސް ބުންޏެވެ.

އެކަމަކު ކެޓްރީނާ ވަނީ އޭނާ އެހެން ކަންކަމުގައި އުޅޭ ކަމަށް ވެސް ބުނެފަ އެވެ. 

ކެޓްރީނާ މަސައްކަތްކޮށްފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ޒީރޯ" އާއި "ޓައިގާ ޒިންދާ ހޭ" އާއި "ދޫމް 3" އާއި "ޖަބް ތަކް ހޭ ޖާން" އަދި "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ހިމެނެ އެވެ. 

އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ "ބާރަތު" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ސޫރްޔަވަންޝީ" އިންނެވެ. އެފިލްމުގައި އޭނާ އާ އެކު ފެނިގެންދާނީ އަކްޝޭ ކުމާރެވެ.

އިޒަބެލް ބޮލީވުޑަށް ތައާރަފްވާން ތައްޔާރުވެފައިވައިރު އޭނާ ފެނިގެންދާނީ އާޔޫޝް ޝަރުމާ އާއެކު "ކްވަތާ" އިންނެވެ. އެފިލްމު ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް