ads
މޯލްޑިވް ގޭހުގެ ސިލިންޑަރުތަކާއި ވެހިކަލެއް ޑިސްއިންފެކްޓު ކުރަނީ-- ފޮޓޯ: މޯލްޑިވް ގޭސް
މޯލްޑިވް ގޭހުން ޑެލިވަރީކޮށްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި
މޯލްޑިވް ގޭހުން ޑެލިވަރީކޮށްދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

މޯލްޑިވް ގޭހުން ބުނީ މިހާރު ގެނެސްފައިވާ ބަދަލުތަކާއެކު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި، ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 16:00 އަށް ގޭސް ޑެލިވާކޮށްދޭނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު އެ ހިދުމަތް ލިބޭނީ މެންދުރުފަހު 14:00 އިން 18:00 އަށް ކަމަށް ވެސް ބުނެ އެވެ. 

އޭގެ އިތުރުން، ތިލަފުށީގައި އެހިދުމަތް ދިނުމަށް ނިންމާފައި ވަނީ ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 16:00 އަށެވެ. 

އެ ކުންފުނީގެ ކޯލް ސެންޓަރުގެ ނަންބަރު، 1616 އަށް ގުޅައިގެން ގޭސް ފުޅިއަށް އޯޑަރު ދިނުމުގެ އިތުރުން، އޮންލައިންކޮށް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ގޭސް އޯޑަރު ކުރެވޭނެ އެވެ. އަދި ވައިބާ މެދުވެރިކޮށް، 7935614 އަށް މެސެޖުން ވެސް ގޭހަށް އޯޑަރު ކުރެވޭނެ އެވެ.

އެސްއެމްއެސް މެދުވެރިކޮށް ގޭހަށް އޯޑަރު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފއި ވާއިރު، "ހެލްޕް" ޖެއްސެވުމަށް ފަހު 7201616 އަށް މެސެޖު ކުރެއްވުމުން އެސްއެމްއެސް މެދުވެރިކޮށް ގޭހަށް އޯޑަރު ކުރާނެ ގޮތް އެނގިގެން ދާނެ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް