ކްރިތީ ސެނޮން
ހަންގަނޑު ރީތިކޮށް، އިސްތަށިގަނޑު ވަރުގަދަ ކުރަން ކްރިތީ ސެނޮން ކުރަނީ މިކަންތައް!
Share
ބޮލީވުޑުގެ ބަތަލާ ކްރިތީ ސެނޮންނަކީ ވަރަށް ރީތިކޮށް ހުންނަ ތަރިއެކެވެ. އެގޮތުން ކިތަންމެ ބިޒީކޮށް އުޅުނަސް ކްރިތީ ވެސް ރީތިވުމަށް ވަރަށް ކަންކަން ކުރެ އެވެ. މިއީ އޭނާ އެހާ ރީއްޗަށް ހުރުމުގެ ސިއްރެވެ.
Advertisement
ބޮލީވުޑުގެ ބަތަލާ ކްރިތީ ސެނޮންނަކީ ވަރަށް ރީތިކޮށް ހުންނަ ތަރިއެކެވެ. އެގޮތުން ކިތަންމެ ބިޒީކޮށް އުޅުނަސް ކްރިތީ ވެސް ރީތިވުމަށް ވަރަށް ކަންކަން ކުރެ އެވެ. މިއީ އޭނާ އެހާ ރީއްޗަށް ހުރުމުގެ ސިއްރެވެ.

އުމުރުން 29 އަހަރުގެ ކްރިތީ ބުނާ ގޮތުންނަމަ ދުވާލު ބޭރަށް ނިކުންނަނަމަ އޭނާ އަބަދުވެސް ގައިގާ ސަން ލޯޝަން އުނގުޅަ އެވެ. ސަބަބަކީ އަވީގެ ދޯތިތަކުގެ އަސަރު ހަންގަނޑަށް ކޮށްފިނަމަ އެއީ ހަންގަނޑު ކުރަކިވެ ރީތިކަން ގެއްލޭ ކަމަކަށްވާތީ އެވެ. އެހެންވެ ބޭރަށް ނިކުންނަނީ ސަން ލޯޝަން އުނގުޅާ، އެންމެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.

ކްރިތީ ބުނާ ގޮތުންނަމަ ކިތަންމެ ބިޒީކޮށް އުޅުނަސް އޭނާ ކުރާ މޭކަޕް ފިލުވައިގެން ނޫން ގޮތަކަށް އޭނާ އެނދަކަށް ނާރަ އެވެ. ސަބަބަކީ ހަންގަނޑުގައި އުނގުޅާ ތަފާތު އެކި ބާވަތްތައް ނުފިލުވާ ގިނަ އިރު ހޭދަކުރާނަމަ އެއީ ވެސް ހަންގަނޑު ކުރަކިވާ ކަމެކެވެ.

ހަންގަނޑު ރީތިކުރަން ކުރާ މަސައްކަތާ އެއްވަރަށް ފެން ބުއިމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ފެނުގެ އިތުރުން ސިއްހަތަށް ފައިދާ ކުރާ ފަދަ ބުއިންތައް ބޭނުން ކުރާ ކަމަށް ކްރިތީ ބުންޏެވެ. އޭނާ ބުނީ އެއީ ވެސް މީހާގެ ހަންގަނޑު ރީތިވާނެ ސަބަބެއް ކަމަށެވެ.

މޫނުމަތި އަލިކޮށް ބެހެއްޓުމަށް ވެސް ކްރިތީ މަސައްކަތް ކުރާއިރު އޭނާ ބުނީ އެކަން އާންމުކޮށް ކުރަނީ ގޭގައި ބޭނުން ކުރާ ތަކެތިން ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން ރީނދޫ އަދި ބަދަނާއި ކިރު ފަދަ ތަކެތި ބޭނުންކޮށްގެން ފޭސް މާސްކް ތައްޔާރުކޮށްގެން ބޭނުން ކުރާ ކަމަށް ވެސް ކްރިތީ ބުންޏެވެ.

ކެއުމުގައި މީހާ ބޭނުން ކުރާ ތަކެއްޗަކީ ވެސް މީހާގެ ހަށިގަނޑު ރީއްޗަށް ބެހެއްޓުމަށް ބޮޑު އެހީ އެކެވެ. ކްރިތީ ބުނާ ގޮތުގައި އޭނާއަކީ ތެޔޮ ހިމެނޭ ކާނާއާ ވަރަށް ދުރުގައި އުޅޭ މީހެކެވެ. އާންމު ގޮތެއްގައި ބޭނުން ކުރަނީ ހަމަ ސިއްހަތަށް އެންމެ އެކަށޭނެ ފަދަ ކާނާގެ ބާވަތްތަކެެވެ.

އިސްތަށި ފޭބުމުގެ މައްސަލައަކީ އާންމުކޮށް ޒުވާން އުމުރުގައި މިހާރު ވަރަށް ކުރިމަތިވާ ކަމެކެވެ. ނަމަވެސް ބަތަލާ ކްރިތީގެ ވަރުގަދަ އިސްތަށިގަނޑެއް އޮންނަ މަންޒަރު ފެނެ އެވެ. އޭނާ ބުނާ ގޮތުންނަމަ އެގޮތަށް އިސްތަށިގަނޑު އޮތުމުގެ ސިއްރަކީ ގަވައިދުން އިސްތަށިގަނޑަށް މަސާޖުދޭތީ އެވެ. އަދި އާންމުކޮށް އޭނާ ބޭނުން ކުރަނީ ކާށި ތެޔޮ އެވެ. ކްރިތީ ބުނާ ގޮތުންނަމަ އިސްތަށިގަނޑު ހަލާކު ނުވާ ސަބަބަކީ އެއީ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް