ads
ރައީސް ޔާމިން އަދި ރައީސް މައުމޫނު
ރައީސް ޔާމީން ޖަލަށްލީ އިންސާފުން ނޫންކަމަށް ރައީސް މައުމޫން ވިދާޅުވާނެ: ޣައްސާން
ކުރީގެ ރައީސް އަބްދުﷲ ޔާމިން ޖަލަށް ލާފައިވަނީ އިންސާފަކުން ނޫންކަމަށް އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވާނެ ކަމަށް ރައީސް މައުމޫންގެ ދަރިކަލުން ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫނު ވިދާޅުވެއްޖެ އެވެ.
Advertisement

މަނީ ލޯންޑަރީގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ރައީސް ޔާމިން މިނިވަންކުރުމަށް އެމްޑީޕީއަށް ޑީލްއެއް ހުށަހެޅިކަމަށް ކުރެވޭ ތުހުމަތު ތަކާއި ގުޅިގެން ގައްސާން ކުރެއްވި ޓްވީޓްގައި ބުނީ ރައީސް ޔާމިން މިނިވަން ކުރާނީ އެއްވެސް ޑީލެއް ނުހަދާކަމަށެވެ.

އެ ޓްވީޓަށް ރައްދުދެއްވާ އެމްޑީޕީގެ ބައެއް މެމްބަރުން އަންނަނީ ގައްސާނުއަށް ޓްވީޓާގައި ފާޑުކިޔަމުންނެވެ. އޭގެތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހިމެނެ އެވެ.

ގައްސާނުގެ ޓްވީޓަށް ރައްދުދެއްވާ ވައްޑެގެ ޓްވީޓްގައި ބުނެފައިވަނީ ރައީސް ޔާމީން ޖަލަށްލާފައިވަނީ ސިޔާސީ ނުފޫޒުން ކަމުގައިވާނަމަ ރައީސް މައުމޫން އާއި ގައްސާންގެ ބޭބޭފުޅު ފާރިސް މައުމޫން ވެސް އެގޮތަށް ވިދާޅުވާނެ ކަމަށެވެ.

ރައީސް ޔާމީނަށް ނުހައްގުން ޖަލު ހުކުމެއް ކުރިނަމަ އެކަން ރައީސް މައުމޫނާއު ފާރިސް ވިދާޅުވާނެކަމަށް ވައްޑެ ވިދާޅުވުމުން އެކަމަށް އިޝާރާތްކުރައްވާ ގައްސާން ވިދާޅުވީ، ކޯލިޝަން "މުގުރުމުން" ރައީސް މައުމޫނާއި ފާރިސް ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމް ކުރީ ރަނގަޅަށް ނޫންކަމަށް ވިދާޅުވާނެކަމަށެވެ. އަދި އެދުވަސް ދާދި ކައިރިން ފެންނާނެ ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް