ads
އިގާލޯ
ފަހު ވަގުތު އިގާލޯގެ ލޯން އިތުރުކޮށްފި
ލޯން އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަ ޔުނައިޓެޑަށް ކުޅޭ އޮޑިއޯން އިގާލޯގެ އެއްބަސްވުން އިތުރު ކުރުމުގެ ކަންތަކުގެ މަޝްވަރާތައް އެންމެ ފަހު ވަގުތު ކޮޅެގައި ޖެހި އިގާލޯގެ ލޯން އެއްބަސްވުން އިތުރުކޮށްފިއެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން  ޗައިނާގެ ޝަންހާއީ ޝެންހުއާއިން ޔުނައިޓެޑާއި ގުޅުނު ނައިޖީރިއާ ފޯވާޑް އިގާލޯގެ އެއްބަސްވުން ހަމަވީ މެއި މަހުގެ ނިޔަލަށެވެ. ފަހު ވަގުތު ކުރިއަށް ގެންދެވުނު މަޝްވަރާތަކަށް ފަހު އިގާލޯގެ އެއްބަސްވުން ޖެނުއަރީ މަހުގެ ނިޔަލަށް އިތުރު ކުރީ، މަޝްވަރާތައް ކޮޅެއްގައި ނުޖެހި، އިގާލޯ އެނބުރި ޗައިނާއަށް ދާނެ ކަމަށް ބެލެވިފައިވަނިކޮށެވެ. އިގާލޯ ޔުނައިޓެޑާއި ގުޅުނީ މިދިޔަ ޖެނުއަރީ މަހުއެވެ. އިގިރޭސި މިޑީއާ ރިޕޯޓްތައް ބުނާގޮތުން އިގާލޯގެ އެއްބަސްވުން އިތުރުކުރުމުގެ ކަންތައް ކޮޅެއްގައި ޖެހުނީ އެންމެ ފަހު ވަގުތު، ކޯޗު، އޮލެ ގުނަ ސޯލްޝެއާވެސް އެކަމަށް އެދުމުންނެވެ.  

އިގާލޯ ވަނީ ޔުނައިޓެޑަށް ކުޅުނު އަށް މެޗުގައި ހަތަރު ގޯލް ޖަހާފައެވެ. މާރިޗު މަހުގެ ތެރޭގައި މެދު ކަނޑާލާފައިވާ އިގިރޭސި ޕްރިމިއަރ ލީގު މި މަހުގެ ސަތާރަވަނަ ދުވަހު ފަށަން ނިންމާފައިވާއިރު، އިގާލޯ މިހާރުވެސް އަންނަނީ ޔުނައިޓެޑާއި އެކު ޕްރެކްޓިސް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް