ads
ދިވެހިރާއްޖޭގެ ހައިކޯޓް
ފުރަތަމަ ހަަތަރު މަހު ހައިކޯޓުން ނިންމީ 99 މައްސަލަ
މިއަހަރުގެ ފުރަތަމަ 4 މަހު ދިވެހިރާއްޖޭގެ ހައި ކޯޓުން 98 އަށްވުރެ ގިނަ މައްސަލަ ނިންމާފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ހައި ކޯޓުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ.

ހައި ކޯޓުން މި އަހަރު ވަކިވަކި މަސްތަކުގައި ނިންމި މައްސަލަތަކަށް ބަލާ އިރު، ޖެނުއަރީ މަހު 26 މައްސަލަ، ފެބްރުއަރީގައި 43 މައްސަލަ، މާޗްގައި 13 މައްސަލަ އަދި މިދިޔަ މަހު 17 މައްސަލަ ނިންމި އެވެ.

ނިންމާފައި މައްސަލަތަކުގެ ބާވަތް:

  - ޖިނާއީ 37 މައްސަލަ
  - މަދަނީ 35 މައްސަލަ
  - އާއިލީ ކަންކަމާ ގުޅޭ ދެ މައްސަލަ
  - އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ ގުޅޭ ދެ މައްސަލަ
  - ވަޒީފާއާ ބެހޭ 22 މައްސަލަ
  - ދުސްތޫރީ އެއް މައްސަލަ

މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ނިންމި މައްސަލަތަކަށް ވުރެ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ހައިކޯޓުން 132 މައްސަލައެއް ނިންމި އެވެ.

ހައި ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 4 މަހު އެ ކޯޓަށް ހުށައަޅާފައިވަނީ 73 މައްސަލައެވެ. އަދި މި މުއްދަތުގައި 36 މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާއިރު ކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ 57 މައްސަލައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް