އެރަށު ރައްޔިތުން ނުކުމެ ވާ ޖަހައި ދަމާފައިވަނީ އެ ރަށާއި ޖެހިގެން އޮންނަ ކަނޑޫމާ ރިސޯޓްގެ ބޯޓެއްގައިކަމަށް އެ ރަށު މީހަކު ބުންޏެވެ.
ނަމަވެސް އެ ކަމާ ގުޅިގެން ކަނޑޫމާ ރިސޯޓުގެ ބަހެއް ވަނީ ލިބޭގޮތްނުވެފައެވެ.
އެރަށު މީހުން ބޯޓުގައި ވާ ޖަހައިގެން ދަމާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.
އެވީޑިއޯގައި ވާހަކަ ދައްކާ މީހާވެސް ބުނަނީ ތުނޑީކޮޅުން ވެލި ނަގާ މައްސަލައަކީ އެއްވެސް ސަރުކާރަކަށް ވެސް އަދި އީޕީއޭއަށް ވެސް ހައްލު ނުކުރެވުނު މައްސަލައެކެވެ.