ads
ބްރެޒިލްގެ ރޮނާލްޑޯ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ
ބްރެޒިލް ރޮނާލްޑޯގެ ލިސްޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯއެއް ނެތް
ބްރެޒިލްގެ ރޮނާލްޑޯގެ ނަޒަރުގައި އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯއެއް ނުހިމެނެއެވެ. ބްރެޒިލްގެ ރޮނާލްޑޯ، އޭނާގެ ނަޒަރުގައި އެންމެ މޮޅު ފަސް ކުޅުންތެރިން ކިޔައިދީފައިވާއިރު އެންމެ މޮޅު ކުޅުންތެރިޔަކީ ލިއޮނަލް މެސީއެވެ.

ބްރެޒިލްގެ ރޮނާލްޑޯގެ ނަޒަރުގައި މި ވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ފަސް ކުޅުންތެރިން ކިޔައިދިން އިރު ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން ހިމެނިފައި ނެތުމުން އަނެއްކާވެސް، އެންމެ މޮޅު ކުޅުންތެރިޔާގެ ބަހުސް މީޑިއާގައި ގަދަވީއެވެ. ރޮނާލްޑޯގެ ނަޒަރުގައި އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، މެސީ، ހަޒާޑް، އެމްބާޕޭ އަދި ނޭމާގެ އިތުރުން ސަލާހެވެ.

ޝައްކެއްވެސް ނެތް ގޮތުގައި މެސީއަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ. އަހަރެން ދެކޭ ގޮތުގައި އެއީ އިތުރަށް ބަހުސްކުރަންވެސް ޖެހޭ މައުޟޫއެއް ނޫން. އޭނގެ އިތުރުން އަހަރެންނަށް އެންމެ މޮޅީ، ސަލާހް، ހަޒާޑް، ނޭމާ އަދި އެމްބާޕޭ. އެމްބާޕޭގެ ކުޅުން އަހަރެން ވަރަށް ބަލާހިތްވޭ.

your imageބްރެޒިލްގެ ރޮނާލްޑޯގެ ނަޒަރުގައި އެންމެ މޮޅު ފަސް ކުޅުންތެރިން

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ ކޮބައިތޯ ފުޓްބޯޅައަށް ލޯބި ކުރާ މީހުންގެ މެދުގައި އަބަދުވެސް ބަހުސް ކުރެވެއެވެ. މި ބަހުސްގައި އެންމެ މަތީ ފެންވަރުގައި ކުޅެފައިވާ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން އާއްމުންވެސް ބައިވެރިވެއެވެ. ބްރެޒިލްގެ ރޮނާލްޑޯއަކީ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ތާރީޚެއްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް