ads
އިންޑިއާގެ ފިޔާ ދަނޑުތައް ހައްދާ މީހުން މަހުޖަނުންނަށް!
އިންޑިއާގެ ފިޔާ ދަނޑުތައް ހައްދާ މީހުން މަހުޖަނުންނަށް!
މި ދުވަސްވަރު އެންމެ އަގު ބޮޑު އެކައްޗަކީ ފިޔަލެވެ. އިންޑިއާގެ ބާޒާރުގައި ފިޔާ އަގު ބޮޑުވުމާއެކު އެކަމުގެ ދެރަ ދިވެހިންނަށް ވެސް މިވަނީ ކުރިމަތިވެފަ އެވެ. ފިޔާ ކިލޯއެއްގެ އަގު ރާއްޖޭގެ ބާޒާރުގައި ވެސް މިހާރު އުޅެނީ 70 ރުފިޔާއިން މަތީގަ އެވެ.
މި ދުވަސްވަރު އެންމެ އަގު ބޮޑު އެކައްޗަކީ ފިޔަލެވެ. އިންޑިއާގެ ބާޒާރުގައި ފިޔާ އަގު ބޮޑުވުމާއެކު އެކަމުގެ ދެރަ ދިވެހިންނަށް ވެސް މިވަނީ ކުރިމަތިވެފަ އެވެ. ފިޔާ ކިލޯއެއްގެ އަގު ރާއްޖޭގެ ބާޒާރުގައި ވެސް މިހާރު އުޅެނީ 70 ރުފިޔާއިން މަތީގަ އެވެ.

ފިޔާ އަގު ބޮޑުވުމުން އެކަމުގެ ޝަކުވާ، ކަސްޓަމަރުން ކުރަމުން އައި ނަމަވެސް މިކަމުގައި ދަނޑުވެރިންނަށް ވަނީ ބޮޑު އުފަލެއް ކުރިމަތިވެފަ އެވެ. ކުރިން ގެއްލުމާއެކު ހައްދަމުން އައި ދަނޑުބިންތަކުން މިއަދު މިވަނީ ނަފާ ލިބެން ފަށަފަ އެވެ. ނަގާފައި އޮތް ލޯނުތައް ދައްކާ، އުފާވެރި ދިރިއުޅުމެއް އެމީހުންނަށް ލިބެން ފަށައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި، ފިޔަލުގެ އަގު ބޮޑުވުމާއެކު ދަނޑުވެރިންގެ ހިތްދަތި ދިރިއުޅުން ބަދަލުވެ، އެމީހުން މަހުޖަނުންނަށް ބަދަލުވެއްޖެ އެވެ.

އިންޑިއާގެ ޑޮޑަސިއްޑަވަނަހަލީ އަވަށުގެ ދަނޑުވެރިއެއް ކަމަށްވާ މަލިކަރްޖުނާ، ދިރިއުޅުން ވެސް ވޭތުވެދިޔަ މަހެއްހާ ދުވަހުގައި މިވަނީ ބަދަލުވެފަ އެވެ. އޭނާއަކީ މިހާރު މަހުޖަނެކެވެ.

އެމީހާއާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި އުމުރުން 42 އަހަރުގެ އެ ދަނޑުވެރިޔާ ފިޔާ، ދަނޑެއް ހެއްދީ، ބޮޑު ލޯނެއް ނަގައިގެންނެވެ. އެކަމަކު ފިޔާ އަގު ބޮޑުވެ އޭނާގެ ނަސީބު އަތުގައި ލައްވާލީ އެވެ. މިހާރު އެ ލޯނު ވެސް ދައްކާފައި އޭނާ އުޅެނީ ބޮޑު ގެއެއް އިމާރާތް ކުރުމުގަ އެވެ. އޭގެ އިތުރުން އިތުރަށް ބިން ގަނެ ދަނޑުތައް ހެއްދުމަކީ މިހާރު އޭނާ ވިސްނުމެވެ.

މީގެ ފަސް އަހަރު ކުރިން ފިޔާ ދަނޑު ހެއްދި، އެމީހާ މިހާރު ވަނީ 50 މުވައްޒަފުން ވެސް ދަނޑުވެރިކަމުގެ މަސައްކަތަށް ނަގާފަ އެވެ. އެމީހާ ބުނީ މިދިޔަ އޮކްޓޫބަރު މަހާ ހަމައަށް އުޅުނީ ވަރަށް ހާލުގައި ކަމަށެވެ. އެކަމަކު ފިޔަލުގެ އަގު އުފުލި ދިރިއުޅުން ބަދަލުވީ އެވެ. އެމީހާ ބުނި ގޮތުގައި ފިޔަލުގެ އަގު އުފުލުމާއެކު އޭނާ އާއި އާއިލާގެ މެމްބަރުން މިހާރު އުޅެނީ ފިޔާ ދަނޑު ދޮށުގައި ފޯރި މަރާށެވެ. ސަބަބަކީ ފިޔާ އަގު އުފުލި ވަގުންގެ ކަޅިތައް ފިޔާ ދަނޑުތަކަށް ހުއްޓިފައިވާތީ އެވެ.

އިންޑިއާގައި ފިޔާގެ އަގު އުފުލިފައި ވަނީ އެގައުމަށް ކުރި ވިއްސާރައާ ގުޅިގެން ފިޔާ ދަނޑުތަކަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާތީ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް