ads
އަބްދުﷲ ރިޔާޒު
މަޖިލީހުގެ ތަޅުމުގައި ޝިޔާމާ މެދު އަމަލުކުރީ ގަވައިދާ ހިލާފަށް: ރިޔާޒް
ރައްޔިތުންގެ މަޖިލީހުގައި ރޭ ދަންވަރު ކުރިއަށް ގެންދެވި ޖަލްސާގައި ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތަޅުމުން ބޭރުކުރުމުގައި އަމަލުކޮށްފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށްކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ގާނޫނުއަސާސީއަށް ރޭ ދަންވަރު އިސްލާހު ގެނައުމަށް ކުރިއަތް ދިޔަ ޖަލްސާގައި ޝިޔާމް މަޖިލީހުގެ ގަވައިދާ ހިލާފަށް އަމަލު ކުރިކަމަށް ބުނެ ތަޅުމުން ބޭރުކުރުމުގައި ރައީސް ނަޝީދު އަމަލުކޮށްފައިވަނީ  މަޖިލީހުގެ ގަވައިދާ ހިލާފަށްކަމަށެވެ.

އެކަމާ ގުޅިގެން ރިޔާޒު ކުރެއްވި ޓްވީޓްގައި ވަނީ މަޖިލީހުގެ ގަވައިދުގައި އެފަދަ ހާލަތުގައި އަމަލުކުރަން ބުނެފައިވާ ގޮތް ހިއްސާކުރައްވާފައެވެ. އަދި ވިދާޅުވެފައިވަނީ މަޖިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާގައި އަމަލުކުރަންޖެހޭ ގޮތް ތަފްސީލުކޮށް ބަޔާންކޮށްފައިވާކަމަށެވެ. 

ރައްޔިތުންގެ މަޖިލިހުގައި ބަޔާންކޮށްފައި ވަނީ، މަޖިލީހުގެ ރައީސް މެންބަރެއްގެ ނަން އިއްވުމުން އެ މެންބަރަކު ޖަލްސާ ދޫކޮށް ނިކުންނަން ޖެހޭނެ ކަމަށާއި، އަދި ޖަލްސާ ދޫކޮށް ދިއުމަށް އިންކާރުކޮށްފިނަމަ، އެ ގަވައިދުގެ ބޭނުމަށް، އެ މެންބަރަކު ޖަލްސާ ގައި ހާޒިރުވެނެތް ކަމަށް ބަލައި، އެ ޖަލްސާ ކުރިއަށް ގެންދިއުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ލިބިގެންވާ ކަމަށެވެ.

ރޭގެ ޖަލްސާގައި ޝިޔާމްގެ ނަން އިއްވުމުން އޭނާ ވަނީ މަޖިލީހުގެ ތަޅުން ދޫކޮށް ނިކުތުމަސް ދެކޮޅުހަދާފައެވެ. އަދި މަޖިލީހުގައި އަޑުގަދަކުރަން ފެށުމުން މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ ޝިޔާމް މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެފައެވެ. ޝިޔާމް މަޖިލީހުގެ ތަޅުމުން ބޭރަށް ނެރުމުގެ ތެރޭގައި އޭނާއަށް އެކި ވަރުގެ އަނިޔާވެފައިވާކަމަށް އިދިކޮޅުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް