ads
ޝަހީރު އާއި ރިއާ ޝަރްމާ--
މުސާރަ ނުލިބި ސްޓާފުން ހާލުގައި ޖެހުނަނުދޭނަން: ޝަހީރު
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އިންޑިއާގައި އަޅާފައިވާ ފިޔަވަޅުތަކާއެކު ފިލްމީ ދާއިރާ އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. އެކަމުގެ ސަބަބުން ތަރިންގެ އަތްމަތިވެސް ވަރަށް ބޮޑަށް ވަނީ ދަތިވެފަ އެވެ. މަޝްހޫރު ޓީވީ ތަރި، ޝަހީރު ޝެއިހް މިވަނީ މިދަނޑިވަޅުގައި ވެސް އޭނާގެ ސްޓާފުން ހާލުގައި ޖެހުނަ ނުދޭނެ ކަމަށާއި ވީވަރަކުން އެހީވާނެ ކަމަށް ބުނެފަ އެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫހަކަށް ޝަހީރު ބުނީ، ކުރީގެ ހާލަތެކޭ އެއްގޮތަށް މިހާލަތުގައި އަމަލުނުކުރެވިދާނެތީ ބިރުގަންނަ ކަމަށެވެ. އެކަމަކު އޭނާގެ މުވައްޒަފުންނަށް ވީވަރަކުން އެހީވަމުން އަންނަކަން ފާހަގަކުރަމުން ޝަހީރު ބުނީ، އާއިލާގައި އޭނާއަށް ބަރޯސާވެފައި ތިބޭ މީހުންގެ ހަރަދުތައް ވެސް މިދަނޑިވަޅުގައި ބަލަހައްޓަމުން އަންނަ ކަމަށެވެ.

ޝަހީރު އިތުރަށް ބުނީ މިދަނޑިވަޅަކީ އެންމެނަށް ވެސް ދަތި އުނދަގޫ ވަގުތެއްކަން އެނގޭ ކަމަށެވެ. 

ކާމިޔާބު ގިނަ ޝޯތަކަކުން ފެނިގެންގޮސްފައިވާ ޝަހީރަކީ "މަހާބާރަތު" އިން ވެސް ފެނިގެންގޮސްފައިވާ ތަރިއެކެވެ. އިންޑިއާގައި ލޮކްޑައުން އިއުލާންކުރިއިރު އޭނާއައީ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގައި އަބީރުގެ ރޯލުގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން ޝޯގައި އޭނާ ދައްކުވައިދެމުން އައި އެކްޓިން ގިނަ ބަޔަކަށް ވަރަށް ކަމުދެ އެވެ.

ކޮންމެއަކަސް ފިލްމީ ދާއިރާއަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ މިދަނޑިވަޅުގައި ޓީވީ ތަރިންނަށް ވެސް ވަނީ ބޮޑު ދައްޗަކާއި ކުރިމަތިވެ އެވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

އެވާހަކަތައް އެންމެ ބޮޑަށް ފެންމަތިވެފައި މިވަނީ ޓީވީ ތަރި، މަންމީތު ގްރެވަލް އަމިއްލައަށް މަރުވި ހަބަރާއެކު އެވެ. އޭނާ މަރުވެފައި ވަނީ ގޭގެ ކުލި ދައްކާނެ ފައިސާ ނުލިބި މީހާގެ ބޯގޮވައިގެން ކަމަށް ނޫސްތަކުން ބުނެ އެވެ.

އެއާއެކު އެތައް ޓީވީ ތަރިންނެއް އަންނަނީ އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކަމުންނެވެ. 

އޭގެ ތެރެއިން އެކަކަކީ މަޝްހޫރު ތަރި ނިއާ ޝަރްމާ އެވެ. އިންސްޓަގްރާމު މެދުވެރިކޮށް އެ ވާހަކަ ފަށަމުން ނިއާ ބުނީ މިއީ އާންމުކޮށް ކުރިމަތިވާ ކަމެއް ނަމަވެސް ނުދައްކާ ވާހަކައެއް ކަމަށެވެ.

މުސާރަ ނުލިބި ތަރިން ދަތި ހާލުގައި އުޅެމުން އަންނައިރު އެމީހުންގެ އަޑު އެހުމަށް ކަމާއި ބެހޭ ފަރާތްތަކަށް ވެސް ތަރިން ގޮވާލަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް