ads
އަމީތާބް ބައްޗަން އާއި ޖަޔާ ބައްޗަން
އަމީތާބް ޖަޔާ އާއި ކައިވެނި ކުރީ ލަންޑަނަށް ދާންވެގެން
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަމީތާބް ބައްޗަން އާއި އަންހެނުން ޖަޔާ ބައްޗަން ގެ ކައިވެންޏަށް މިހާރު މިވަނީ 47 އަހަރު ވެފައެވެ.

އިންސްޓްގްރާމްގައި އެ ދެތަރިންގެ ކައިވެނީގެ ހަފްލާގެ ފޮޓޯ އެއް ޕޯސްޓް ކޮށް އަމީތާބް ވަނީ މީގެ 47 އަހަރު ކުރިން އޭނާ ޖަޔާ އާއި ކައިވެނި ކުރި ސަބަބުތަކުގެ ތެރެއިން ސަބަބެއް އޭނާގެ ފޭނުންނާ ހިއްސާކޮށްފަ އެވެ. 

އާމީތާބް ވަނީ ޖޫން ތިނެއް 1973 ވަނަ އަހަރު އޭނާ ޖަޔާ އާއި ކައިވެނި ކުރީ ލަންޑަނަށް ދާން ބޭނުން ވެގެން ކަމަށް ބުނެފައެވެ. 

އިންސްޓްގްރާމްގައި ފޮޓޯ ޝެއާ ކުރަމުން އޭނާ ބުނެފައި ވަނީ އެ އަހަރު އޭނާގެ ފިލްމު 'ޒަންޖީރު' ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމަކަށް ވެއްޖެ ނަަމަ ރައްޓެހިންނާއި އެކު ލަންޑަނަށްދާން ރާވާ އެކަން އޭނާގެ ބައްޕަ ކައިރީ ބުނުމުން އޭނާ ލަންޑަނަށް ދާން އުޅެނީ ކޮން ބަޔަކާ އެއްކޮންތޯ ސުވާލު ކުރިކަމަށެވެ. އަދި އޭނާ ދާން ބޭނުން ވަނީ ޖަޔާ އާއި އެއްކޮށް ކަމަށް ބުނުމުން، ބައްޕަ ވަނީ ލަންޑަނަށް ދެވޭނީ ކައިވެނި ކޮށްގެން ކަމަށް ބުނެފައި ކަމަށް ވެސް އަމީތާބު ވަނީ ފޭނުންނާއ ހިއްސާކޮށްފަ އެވެ. 

މި ދެތަރިން ވަނީ ކާމިޔާބު ގިނަ ފިލްމު ތަކަކުން އެކުގައި ފެނިފައެވެ. އޭގެ ތެރޭގައި 1973 ވަނަ އަހަރުގެ ފިލްމު ޒަންޖީރު އާއި ހަމަ އެއަހަރު ރިލީސް ކުރި ފިލްމު އަބިމާންގެ އިތުރުން، 1975 ވަނަ އަހަރުގެ ޗުޕްކޭ ޗުޕްކޭ އާއި މިލީ އަދި ޝޯލޭގެ އިތުރުން 2001 ވަނަ އަހަރު ރިލީސް ކުރި ކާމިޔާބު ފިލްމު، ކަބި ހުށި ކަބި ގަމް ފާހަގަކޮށްލެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް