ޑިއެގޯ ކޮސްޓާގެ މައްޗަށް އެތައް މިލިއަން ޔޫރޯއަކުން ޓެކުހަށް އޮޅުވާލުމުގެ ކުށް ސާބިތުވީ ބުދަ ދުވަހުއެވެ. އޭގެ ތެރޭގައި ދެހާސް ސާދަވަނަ ވަނަ އަހަރު، ޗެލްސީއިން އެތްލެޓިކޯއަށް ބަދަލުވި އިރު ޓްރާންސްފާ ފީ އަށް އޮޅުވާލުންވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން އިމޭޖް ރައިޓްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީންވެސް އޭނާ އޮޅުވާލާފައިވާ ކަންވަނީ ސާބިތުވެފައެވެ. މިއާއި އެކު އޭނާގެ މައްޗަށް އައީ ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއި ޖޫރިމަނާއެކެވެ.
އެހެންނަމަވެސް ސްޕެއިންގެ ޤާނޫނުތައް އޮންނަ ގޮތުން ވަކި ބާވަތްތަކެއް ކުށްތަކުގައި ދެ އަހަރު ދުވަހަށްވުރެ ކުރު މުއްދަތަށް ކުރެވޭ ޖަލު ހުކުމްތައް ޖޫރިމަނާއަކަށް ބަދަލު ކުރެވެއެވެ. މި ގޮތުގެ މަތިން ކޮސްޓާގެ ޖަލު ހުކުމް އޭނާވަނީ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.
ބުދަ ދުވަހު އޮތް ޝަރީޢަތަށް އޭނާ ހާޒިރުވެފައިވަނީ ރައްކާތެރިކަމުގެ ގޮތުން މާސްކެއް އަޅައިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.